އެޒަމާނަކަށް އެކަށީގެންވާ ގޮތަށް ޑެމޮކްރަސީގެ ވާހަކަ ރާއްޖޭގައި ދެކެވުނުބާ؟
ދިވެހިރާއްޖެ އަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގައެވެ. އަދި ދިވެހިރާއްޖެ ޖުމްޙޫރީ ވެރިކަމަކަށް ބަދަލުވީ 1968 ވަނަ އަހަރުގައެވެ.
ދުނިޔެ ތަރައްޤީ ވެފައި އޮތް މިންވަރަށާއި ދިވެހިންގެ ހޭލުންތެރިކަން އޮތް މިންވަރުން 1968 ވަނަ އަހަރު ޤާއިމުވި ޖުމްހޫރީ ވެރިކަން އޭރުގެ ޤާނޫނު އަސާސީގެ ދަށުން ކުރިއަށް ދިޔައީ މިއަދު ދިވެހިން ދެކެން ބޭނުންވާ ޑެމޮކްރެޓިކް އުސޫލުންނެއް ނޫނެވެ. އެހެން އެވީ އެދުވަސް ވަރު ދިވެހިރާއްޖެ ގައި ސިޔާސީ ޕާޓީތަކެއް ހަރަކާތެރިވާ ޑެމޮކްރެޓިކް ނިޒާމެއް ތަޢާރަފް ކުރަން އުޅުނު ނަމަ ޤައުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ބައެއް ކަހަލަ ހުރަސްތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭރުގެ ބަސްވިކޭ ބޭފުޅުންނަށް ފެނިވަޑައިގަތީ ކަމަށް ބެލެވިދާނެއެވެ.
އަނެއްބައި ބޭފުޅުން ވިދާޅުވާނީ އެދުވަސް ވަރު ފުރިހަމަ ޑެމޮކްރެޓިކް އުސޫލުން ހިންގާ ވެރިކަމެއް ރާއްޖޭގައި ޤާއިމު ނުކުރީ ޙުދުމުޙުތާރު ވެރިއެއް ނުވަތަ ޙުދުމުޙުތާރު ބައެއް އެކަމަށް ހުރަސް އަޅާފައިވާތީ ކަމަށެވެ.
މިއަދު ދިވެހިރާއްޖޭގައި ހަރަކާތެރިވާ ސިޔާސީ ޕާޓީތައް ހިންގާ ގޮތަށް ބަލާފައި އަޅުގަނޑަށް ދެންނެވޭނީ މީގެ 40 އަހަރު ކުރިން ރާއްޖޭ ގައި ގިނަ ޕާޓީ ތަކެއް ހަރަކާތެރިވާ ޑެމޮކްރެޓިކު ނިޒާމެއް ތަޢާރަފް ނުކޮށް އެއޮތީ އޭރުގެ ބަސް ވިކޭ ބޭފުޅުންގެ ވިސްނުންފުޅު ހަމަ ރަގަޅު ކަމުންނެވެ.
ނާސިރު ދަޢުރުގައި ފުރިހަމަ ޑެމޮކްރަސީއެއް ޤާއިމުވެފައި ނެތަސް އޭރުގެ ބޭފުޅުން ޑެމޮކްރަސީއަކީ ކޮން އެއްޗެއް ކަން ރައްޔިތުންނަށް އޮޅުން ފިލުއްވައިދެއްވަން މަސައްކަތް ކުރެއްވިއެވެ. އޭރުގެ ޤާނޫނު އަސާސީ ތަންދިން ވަރަކުން ޑެމޮކްރަސީ ޕެރެކްޓިސް ކުރުމަށް ބާރު އެޅުއްވިއެވެ.
ނަމުގެ ފަހަތަށް އިގިރޭސި ބަހުގެ ހުރިހާ އަކުރުތައް ހިމަނާލެވޭ ހާ ގިނަ ފާސްތައް ނަންގަވައިގެން ތިއްބެވި މިއަދުގެ ޑޮކްޓަރުން އޭރުގެ ބޭފުޅުންނަކީ ތަނެއް ދޮރެއް ނުދަންނަ، ފެންވަރެއް ނެތް ބޭފުޅުންތަކެއް ކަމަށް ދެކިވަޑައިގަތަސް، އެބޭފުޅުނަށް ވީ ވަރަކުން ރައްޔިތުންނަށް ކަންކަން އޮޅުން ފިލުއްވައިދެއްވަން މަސައްކަތް ކުރައްވާފައި ހުރިކަން އެދުވަސް ވަރުގެ ލިޔުން ތަކަށާއި ތަޤްރީރުތަކަށް ބަލާލުމުން އެނގެއެވެ.
މިގޮތުން މިސައިޓް ނިސްބަތްވާ ސަލާހުއްދީނުގެ ދަރިކަލެއް ކަމުގައިވާ އަލްމަރުޙޫމު އަދުނާނު ހުސެއިން ޑެމޮކްރަސީ އަކީ ކޮބައިކަން އޮޅުން ފިލުވައިދެއްވުމަށް ދެއްވި ތަޤްރީރެއް ތަންކޮޅެއް ކުރިން މި ސައިޓުގައި ވާނީ ހިމަނާލާފައެވެ.
މިއަދު މިހިމަނާލަނީ ޖުމްހޫރީއަތަށް 5 އަހަރު ފުރުމުގެ މުނާސަބަތުގައި އަދުނާނު ހުސެއިން ދެއްވި ތަޤްރީރެކެވެ. މި ތަޤްރީރުން ވެސް ރައްޔިތުންނަށް ފައިދާ ކުރާނެ މައުލޫމާތު ތަކެއް ފޯރު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާފައިވާ ތަން ފެނެއެވެ.
މި ލިންކުން އެ ތަޤްރީރު ބައްލަވާލައްވާ!

|