އިންޒާރު

މި ސައިޓުގެ ސިޔާސީ ސަފްހާތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ޢާއްމު ކޮށް ރާއްޖޭގައި ލިޔެ އުޅޭ އުސޫލުތަކާ ޙިލާފަށް ވަރަށް ތަފާތު ވިސްނުމެއްގައި ލިޔެފައިވާ ލިޔުންތަކެކެވެ. އެހެން ކަމުން މިލިޔުންތައް ވިދާޅުވާ ބޭފުޅުންނަށް މިޒާތުގެ ލިޔުންތައް ބަލައިގަތުމަކީ ވަރަށް ހިތިކަމަކަށް ވުން އެކަށީގެންވެއެވެ. އަދި ލޭފޮދު މައްޗަށް ގޮސް ކޯފާއިސްވުމަކީ ވަރަށް ގާތުގައި އޮންނާނެ ކަމެއްކަމަށް ދެކެމެވެ. އަޅުގަނޑުމެން ދެކޭގޮތުގައި ތަފާތު، ވިސްނުމެއް ގެންގުޅުމަކީ ރާއްޖޭގައި އޮތް ގަދީމީ ވިސްނުމަށް މަލާމާތްކުރުމެއް ނޫނެވެ. އެއީ ގަދީމީ ބޭފުޅުންގެ ޒާތާ ބެހުން ކަމަކަށް ވެސް ނުދެކެމެވެ. އަޅުގަޑުމެން ދެކޭގޮތުގައި ރައްޔިތުންނާ ގުޅޭ ކަމަކަށް ނުކުންނަ ނުވަތަ ނުކުމެފައިވާ ބަޔެއް އެބަޔެއްގެ ވާހަކަ ތަފާތު ގޮތަކަށް ކަންފަތައް އިވިދާނެ ކަން ގަބޫލުކުރަންވާނެއެވެ. އެހެން ނޫނީ ތިބޭނީ ގޭގައެވެ. އަމިއްލަ މީހެއްގެ ގޮތުގައި ރައްޔިތުންނާ ގުޅޭ ކަންކަމުން ދުރުގައެވެ.

ވީމާ މިޒާތުގެ ހިޔާލުތަށް ހަޖުމު ނުކުރެއްވޭނެ ބޭފުޅުން މިސަފުހާތައް ނުބެއްލެވުމަށް ވަރަށް އިޙްލާސްތެރިކޮށް ނަސޭހަތްތެރި ވަމެވެ. ވިދާޅުވެގެން އިސްވާކޯފާއެއްގެ ޒިންމާ އަޅުގަޑުމެނެއް ނުއުފުލާނަމެވެ. ވިދާޅުވެގެން އިސްވާ ކޯފާ ބަހުން އަޅުގަޑުމެނަށް ރައްދު ކުރެއްވިއަސް ފަރުވާލެއް ނެތެވެ. އަޅުގަޑުމެނަކީ ވެސް ކިލަނބުވެފައިވާ ބައެއް ކަމަށް ޤަބޫލުކުރަމެވެ. ކިލަނބު ވާން ވީ ސަބަބުތައް ބައިވަރެވެ.  ހަމަ އެޔާއެކު ތެދު ވިހައަކަށް ވާކަން ވެސް ދަންނަމުއެވެ.

ތިޒާތުގެ ތަކެތި:

 ބަލަން ބޭނުން----ބަލަން ބޭނުމެއްނޫން