ITis
 
 
 
       
 

"ހެޔޮކަންތަކަށް ވުރެ ނުބައި ކަންތައް ގިނަވެ، ކިޔަމަންގަތުމަށް ވުރެ އުރެދުން ބޮޑުވެ، ލަފާ މީހުންނަވުރެ ނުލަފާ މީހުން ގިނަވެ، ހަލާލު ތަކެއްޗަށްވުރެ ހަރާމު ތަކެތި ޢާއްމުވެ، ސުލްހަ މަސްލަސްކަމަށްވުރެ ފިތުނަ ފަސާދަ ކުރިއަރައި، ނަސޭހަތް ތެރިވާ މީހުންގެ ބަހަށް ވުރެ ޙުޝާމަދު ކުރާ މީހާގެ ބަސް މޮޅުވެ، މޫނު މަތީގައި ސީދާ ހައްޤު ބަސް ބުނުމަށް ވުރެ ނެތިމޮށުން ރިވެތިވެ، އިސްލާމުންގެ މެދުގައި އަދި ކިޔެއްތަ އިންސާނުގެ މެދުގައި ހުރުން ވާޖިބުވެގެންވާ އެކުވެރިކަމާއި އޯގާ ވެރިކަން ނެތި، މިހެން ވެއްޖެ ބަޔަކުގެ މެދަށް ދުނިޔޭގައި ވެސް ޒާތް ޒާތުގެ ބަލާތަކާއި ހަލާކުތައް ފޮނުއްވާނޭކަމަށް އެކަލާގެ ވަނީ އަންގަވައި ވަޢުދު ކުރައްވާފައެވެ."

"ރަމަޟޯން މަހު ހަވީރު ވަޢުލު ބުނުމޭ ކިޔައިގެން މިކުރެވޭ ކަންތަކަކީވެސް އަޅުގަޑަށް ވިސްނޭ ގޮތުގައި، މިހާރު އެކަން މިހިގާމަގު މަތީން ކުރުން ހެޔޮވާނޭވެސް ކަމެއްނޫނެވެ. އެކަންވެސް ވެވެނީ ދީން ހޭރުވުމުގެ މަގެއްގެ މައްޗަށެވެ. މިހެނީ ރަށުގައި ތިބި ކަމުދަނިވެގެންވާ ޒާތުގެ މީހަކު އަޑެއް އެހުމުގެ ބޭނުމެއްގައި އެތަނަކަށް ދަނީ ޔެއްނޫނެވެ. މިވަޢުލެއް ކިޔާތާ ސަތާރަ އަހަރުން އެއްވެސް ފައިދާއެއް ކުޅައީއެއްނޫނެވެ. މިހެންވީއިރު އަޅުގަޑު ހިތުން މިގޮތްމަތީން އެކަންތަކެއް ކުރާކަށެއް ނުވާނެއެވެ. އެބާވަތުގެ ކަމެއް ނުކުރުމަށްވުރެ ކުރުމުން ލިބޭ ހަލާކާއި ގެއްލުމާއި ފާފަމާ ބޮޑެވެ. ސަލާހުއްދީން އަދި ވިދާޅުވެފައި ވެއެވެ......ވެރިކަން ކުޅައަކަސް އެ ހިންގަނީ އިސްލާމީ ވެރިކަމެކޭ ބުނެވޭނޭވެސް ބާވަޔޭ ހީވެއެވެ. އިސްލާމުންނޭ ކިޔައިގެން ތިބެ އެދީނުގައި ކަންތައްތައް ހުރިނެތް މަގެއް ބެލުމެއްނެތި މާތް ކަލާ ގެ ހަލާލު ކުރެއްވި ކަމެއް ޙަރާންމު ކުރެއްވި ކަމެއް ވަކި ނުކޮށް، ފަރުޞު ކުރެއްވި ކަމެއް ނަހީ ކުރެއްވި ކަމެއް ނުބަލައި، އުޅެމުން ދެވޭ ކަމުގައި ވާނަމަ މާތް ކަލާގެ އެބަޔަކަށް ނަސްރުދެއްވާނޭތޯޔޭ.. އަދި ކިޔެއްތޯޔޭ އެބަޔަކަށް އެގޮތް މިގޮތަށް ދެރަކަމާއި ނިކަމެތިކަން ނު ދައްކަވައި  ދުނިޔޭގައި ވެސް ދާނޭތޯއެވެ މިއީ، މީގެ 80 ވަރަކަށް އަހަރުކުރިން ސަލާހުއްދީނު ދިވެހިސަރުކާރުގެ ވެރިން ނަށް ފޮނުއްވި ސިޓީ އެއްގައި ބަޔާން ކުރައްވާފައިވާ އިބާރާތް ތަކެކެވެ. މި ވޭތުވެދިޔަ 28 އަހަރު  މި ރާއްޖެ ގައި ވެރިކަން ކުރިމީހަކު ވެރިކަން އެކުރީ  މި ފަދަ ސިޓީ އެއް ލިބެންވީ ގޮތަށް ތޯ ކިޔުންތެރިން ނިންމަވާށެވެ. އަޅުގަޑުމެނަށް މިސިޓީ ގައިވާ ކަންތައްތަކާ މިހާރުގެ ކަންތައްތަކާ  ތަފާތު ދެތިން ކަމެއް ފާހަގަ ކުރެވުނެ، އެއީ މި ހާރު އޭރަށް ވުރެން އަނިޔާވެރިކަމާ، ކަރަޕްޝަނާ، ރައްޔިތުންނާ ފަރުދުންގެ  ހައްޤުތަކަށް އަރައިގަންނަވަރު އެތަށް ގުނައެއް އިތުރުކަމުގެ ޝަކުވާތައް މުޅި ޤައުމުގައި އެކީ އެއް އަޑަކަށްވަނީ ހިފާފައެވެ..ދިވެހިރާއްޖޭގެ ގިނަ ރަށްތައް ދޮވެލި ބޮޑު ރާޅާ، ޑުރަގުގެ ވަބާއާ ރެޔާ ދުވާލު މިހިނގާ ނުރައްކާތެރި އެކްސިޑެންޓް ތަކަކީ ބަލާއަކަށް ނުވަތަ ހަލާކަކަށް ޤަބޫލުނުކުރާނީ ހަމަ ކަޝަވަރުން ޙުޝާމަދާ ، ވައްކަމާ، މަކަރާ، ހީލަތާ، އަނިޔާވެރިވެގަންނަ މީހުންގެ ޖަމާއަތުންނެވެ..

މާތް ﷲ މި ލޮބުވެތި ޤައުމު މި އަނިޔާވެރިކަމާއި، ހަލާކުންނާއި، ބަލާވެރިކަމުން އަބަދަށް ސަލާމަތް ކޮށް ދެއްވާށި. ޢާމީން.

 
 
     
     
 
     
ITis
     
 
     
     
small

މި ވޭތުކުރި އަހަރު ތަކުގައި ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެ ތިއްބެވި ބޭފުޅުން އަޅުގަޑުމެންގެ ކާބަފައިން ނަށް ވަރަށް ނިކަމެތި ބަސްތަކެއް ވަނީ ރައްދު ކުރައްވާ ފައެވެ. އެ ޒަމާނު ދުނިޔެ ތަރަޤީ ވެފަ އޮތް މިންވަރަށާއި، ވަސީލަތްތަކަށް ބައްލަވާލެއްވުމެއްނެތި  މިހާރުގެ މިންގަޑުން އެޒަމާން ކިރުއްވައި މަލާމާތުގެ ބަސްތައް ވަނީ ނުސީދާ ކޮށް ރައްދު ކުރައްވާފައެވެ.  

ދިވެހިރާއްޖޭގައި ހަރުދަނާ ތަޢުލީމީ ބިންގަލެއް އެޅުނީ މި ބޭފުޅުންގެ ޒައާމަތުގައި ކަމަށާއި އުގަންނައިދިނުމުގެ ކަންތައްތައް ފުޅާ ދާއިރާއެއްގައި ހިންގަންވަން ފެއްޓެވީ އާދެ،  އަސާސީ ތަޢުލީމުގެ މަޝުރޫޢުގެ ދަށުން މި ބޭފުޅުންކަމަށް ދަޢުވާ ކުރައްވައެވެ.

ސަލާހުއްދީނު ރަށްރަށުގެ ނާއިބުން ނަށް ފޮނުއްވާފައިވާ މިސިޓީ އިން ކަމުގެ ހަޤީޤަތް ވި ދާޅުވެލައްވާށެވެ، އަދުލް އިންސާފު އަވަހަށް ޤާއިމު ކުރުމަށާއި، ތާނަ އާއި އަރަބި، ދަސްކޮށްދިނުމަށާއި، ނަމާދު ކުރުވުމަށާއި، ލަދު ހަޔާތް ނެތް ގޮތަށް އުޅުން ވަނީ މަނާ ކުރައްވާފައެވެ. ޤައުމަށް ވަފާތެރި، ދީންވެރި، ރިވެތި އަޙްލާގެއްގެ ވެރި ރައްޔިތެއް އުފެއްދޭނީ މިފަދަ ބިންގަލެއްގެ މަތީގައި ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

އަދު ގެ ޙާލަތް ބިނާ ކޮށްފައިވާ ބިންގާ އަޅުގަޑުމެންގެ ލޯތަކަށް މިހިރަ ފެންނަނީއެވެ. އެކަމަކު ހިތާމައިގެ ކޮޅެއް ނެތެވެ،  މަޤާމާއި، އިއްޒަތާއި، ތަނަވަސްކަމުގެ ދަހިވެތިކަމުގައި ޤައުމުގައި ތިއްބެވި ކަމުދެނިވެގެންވާ ބޭފުޅުން އެތިއްބެވީ ލޯފު މަރާލައްވައިގެން     މުށުތެރޭގައެވެ.

ޤައުމުގައި ޤާނޫނު ހިންގަން ތިބި މީހުން ޓީވީ އަށް އަރުވައިގެން ރައްޔިތުންނަށް މުހާތަބުކުރަން އެކަށީގެން ނުވާފަދަ އިބާރާތްތައް ބޭނުން ކުރުވަނީ އެއީ ހަމަ މި ލޮބުވެތި ޤައުމަށް ހިތުތެރޭގައި އެއްވެސް އަސަރެއް އޮތް މީހަކުލިޔެފައިވާ އެއްޗެކަށްވާތީތޯއެވެ.

ވަޒީރުންނޭ ކިޔާ މީހުން އުކުޅުތަކުގެ ވާހަކަ އެދަށްކަނީ އުކުޅުތަކުގެ ބަފާ ރައްޔިތުންނަށް ހަމަ ނޭންގޭކަމަށް ހިތާތޯއެވެ.

ޙުތުބާ ގައި އަމިއްލަ ޒާތް ބަޔާން ކުރާއިރު އަޑު އަހާ މީހުން ނޫނޭވާ ސާބަހޭ ގޮވި އަޑު  ކައިރީގައި ގެން ގުޅޭ އަރިހު ކުދިންނަށް ބުނެ ލަން ނުކެރިނީ ބާވައޭ ހިތަށް އަރައެވެ.

އަޅުގަޑުމެން ކުޑައިރު ބައެއް ބޭފުޅުން ވިދާޅުވާ ވާހަކަ އެއްގައި އޮންނަނީ ރަސްގެފާނު އެއް ދުވަހަކު ރޯބަރަހަނާކޮށް މަގުމަތީގައި ހިންގަވާފައި ވަޑައިގެން ނެވިއިރު އަރިހު ބޭކަލުންނާއި  ފެނުނު މީހުން ރަސްގެފާނު ތުރުކުރައްވައިގެން ހުންނެވި ރީތި ހެންދު ކޮޅުގެ ވާހަކަ ރަސްގެފާނު އަރިހުގައި ދެންނެވި ކަމަށެވެ. މިހާރު މިފެންނަ މަންޒަރުތަކުން  ވިސްނެނީ އެވެސް ވާނީ ހަމަ އެރަސްގެފާނުގެ ފަރާތުން މިކަހަލަ ކަންތައްތައް ފެންނަން ފެށުމުން އިބުރަތެއްގެ ގޮތުގައި ދައްކަން ފެށި ވާހަކަ އެއްކަމަށެވެ. .

ހަޔާތް ކުޑަ މީހަކާ ހަގުރާމަ ކުރަން ހަޔާތް ކުޑަ ކޮށް އުޅެން ކެރޭ ހިތްވަރުން ފުރިފައިވާ ޒުވާނެއް މެދުވެރި ކުރެއްވިކަން އެއީ އަޖައިބެއްތޯއެވެ. އެވެސް ހަމަ މާތް ﷲ ގެ ކުޅަދުންވަންތަވެރިކަމެވެ.   

nb