ސިޔާސީ އަދި ރައްޔިތުންނާ ގުޅޭ ސަފުޙާތައް

 
   
 
salah

 

 

މަޖިލީސް ޗުއްޓީ ނެގުން އެއީ ޤައިރު ޤާނޫނީ އަމަލެއް ނޫނެވެ.

 

 

ތައުޒިޔާ

ސުމޫވުލްއަމީރު އިބުރާހިމު ނާސިރު ރަންޑަބަނޑޭރި ކިލެގެފާނު، ނިޝާނީ ގާޒީގެ އިއްޒަތްތެރި ވެރިޔާ، ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމާ ގުޅިގެން އެކިލެގެފާނުންގެ އާއިލާގެ މެމްބަރުންނަށާއި އެކިލެގެފާނުންނަށް ހައްޤުވާ މަޤާމު އަރުވަމުން ގެންދެވި ހުރިހާ ދިވެހި ރައްޔިތުންނަށް ވަރަށް އިޙްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. އަދި އެކިލެގެފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޔުމަތް ލެއްވުމަށް އެދި މާތްﷲގެ ހަޒުރަތުގައި ދުޢާދަންނަވަން.

ސުމޫވުލްއަމީރު އިބުރާހިމު ނާސިރު ރަންޑަބަނޑޭރި ކިލެގެފާނުންނަކީ ޒަމާނީ ދިވެހިރާއްޖޭގެ ބައްޕަ، ރާއްޖޭގެ ތަރައްޤީގެ މޭސްތިރިޔާ، މިނިވަންކަން ހޯއްދަވައިދެއްވި ބަތޮލު.

އެކިލެގެފާނުން ދިވެހިރާއްޖެ އަށް ކޮށްދެއްވި ހިދުމަތްތަކާ އަޅާކިޔާލެވޭ ވަރުގެ ހިދުމަތެއް އެހެން ދިވެހި ދަރިއަކު އަދި ކޮށްފައެއް ނުވޭ.

އެކިލެގެފާނު ވެރިކަން ދޫކުރެއްވުމުން، އެކިލެގެފާނުންގެ އަބުރުފުޅަށް ހުތުރު އަރުވާ، އެކިލެގެފާނޭ ކިޔައިގެން ރޯބުހުތާން ދޮގު ފެތުރި  ކިބިގަސްދޮށުގޭ އަލްފާޟިލް އަބުދުލްﷲ މައުމޫނު (ގޮޅާބޯ) އާއި އޭނާޔާ އެކު އެކަމުގައި ބައިވެރިވި އެންމެހާ ފަރާތްތައް މި ހިތާމާވެރި ވަގުތުގައި ވެސް ކުށްވެރިކުރަން.

 މިޒަމާނުގެ ޒުވާނުންނަށް އޮޅުވާލަން އެއީ ތިމަން ކުރިކަމެއް ނޫނޭ، ދިވެހިންގެ ތެރޭން ބަޔަކު ކުރިކަމެކޭ ކިޔައި މައުމޫނު ދޮގު ހެދިޔަސް އެއީ މައުމޫނު ކުރި އަދި މައުމޫނު ކުރުވި ކަމެއް ކަން ހަމަބުއްދި ހުރި ކޮންމެ ދިވެއްސަކަށް އެނގޭނެއެވެ.

ސުމޫވުލްއަމީރު އިބުރާހިމު ނާސިރުގެ މޫނުފުޅު ދެކެން ނުވަތަ އެކިލެގެފާނުންގެ ޖަނާޒާގައި ބައިވެރިވުމަށް ގޮޅާބޯ އަށް ހުއްދަ ނުކުރުމަށް ގޮވާނުލެވޭނީ ދީނީ ގޮތުން އެފަދަ ގޮވުމެއް ގޮވާނުލެވޭނެތީއެވެ. އެކަމަކު މިދެންނެވި ކަންތައްތައް ގޮޅާބޯ ކުރަން ހުއްދަ ދިނުމުގެ ކުރިން، އެކިލެގެފާނަށާއި އެކިލެގެފާނުންގެ އާއިލާއަށް ސީދާ ގޮޅާބޯ ކުރި ދުއްތުރާތަކަށާއި، އެކިލެގެފާނުގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމުތަކަށް އެކިލެގެފާނުންގެ އަރިހުންނާއި، އެކިލެގެފާނުންގެ އާއިލާއިންނާއި އަދި ދިވެހިރައްޔިތުންގެ ފަރާތުން މާފަށް އެދެން ގޮޅާބޯ އަށް ގޮވާލަން! މިހެން ދަންނަވާއިރު ވެސް އެފަދަ ކަމެއް ކުރުމުގެ ހިތްވަރެއް ވެސް ގޮޅާބޯގެ ކިބަޔަކު ނުހުންނާނެކަން އެނގެއެވެ.

ވެވިފާ މިތިބަ ތަރައްޤީ ސިފަކޮށްލަ ދޭން މިތާ،
                        ދެވިދާނެޔޭ މިސާލެއް "ވެރިޔާގެ" ނަންފުޅުން.

ހިތްވަރު ކުރޭ! ފަވާލަން ތިޔަމާތްވި ނަންފުޅަށް،
                   ހިތްތަކުގެ ދުނިޔެއިން ދެވިފައިވާ ލަގަބު އަލުން،

...........................................................................................................................................

ބޮލަކަށް  ބޮލެއް " ގޮޅާބޯ " ކަމުގައި ވިޔަސް މަޢާފު!
                   ލޮލަކަށް އެނގޭ އެހެން އެނގުމެއްނެތް އެގޭ ގޮތުން.

އެހެނަސް ޤަލޯޤަދަރަކަށް ބާރެއްނުހިންގުނޭ،
              އެހެނީ ... އިވޭ "ގޮޅާ ބޮލަކަށް-" ޙައްޤުން މަލާމަތް.

 

 

ައިން ޞަލާހުއްދީނުގެ " އޭރު އިހުބުނެދިޔަބަސް" ތައުޔީދު ކުރަމުން ...

 

އަޅުގަނޑުގެ ރަނިންގ މޭޓް ކަން އަލްއުސްތާޛް އަޙްމަދު މުއުތަސިމު އަދުނާނު ޤަބޫލުފުޅު ކުރައްވައިފިއެވެ.

 

އިންފޯރމޭޝަން މިނިސްޓްރީން ޑިބޭޓުގައި ބައިވެރިވުމަށް ލިބުނު ދަޢުވަތު.

އެރުވުނު ޖަވާބު

 

ަލާހުއްދީނަށް ކާފަ ވިދާޅުވާ ބޭފުޅަކަށް ހެޔޮ ވިސްނިވަޑައިގަނެ ފެތޭ އޮޑިން ފުންމާލައްވާ ހަބަރު ލިބިފައި ވަރަށް އުފާކުރަމެވެ. އަދި އެހެން ބޭފުޅުން ވެސް އެ އޮޑިން ފުންމާ ލައްވާ ރައްޔިތުންގެ ނަވައް އަރައިވަޑައިގަންނަވާނެ ކަމުގެ އުއްމީދުގައި ހުރީމެވެ.

 

ތުއްޕުޅު ބޭފުޅުން ކީރިތި ކުރެއްވުން.

އަނގައިނުބުނެ ހުރެވޭތޯ ބެލީމެވެ. އެކަމަކު މާތްﷲގެ ކުޅަދުންވަންތަކަން ލޮލަށް ފެނުމުން އެވާހަކަ ދަންނަވާލާނަމެވެ.
މީގެ 28 އަހަރު ކުރިން ކުރީގެ ރައީސް އިބުރާހިމު ނާސިރު ރަންޑަބަޑޭރިކިލެގެފާނު ބަޤާވާތެއް ގެންނަވަން އުޅުއްވީއޭ ކިޔައިގެން އެކިލެގެފާނުންގެ ގާތް ބޭފުޅުންގެ ގެކޮޅުތައް ދޮށުގައި ޙާއްސަކޮށް ގަލޮޅުގެ، ހިކިފިނިފެންމާގެ، ނޫރާނީގޭ ދޮށުގައި އެތައް ރެޔެއް ވަންދެން ކޮންމެ ރެޔަކު މީހުން އެއްކޮށް ހަޅޭފަޅޭ ލަވާ، އައުގުރުއާނަށް ގޮވާ، ނަޖިސް އުކާ، އަޑުގަދަކުރާ ބަހައްޓައިގެން ފާޑު ފާޑުގެ ލަވަތައްޖެހި އިރު އެގެކޮޅުތަކުގައި ދިރިއުޅުއްވާ އާއިލާތަކާއި ތުއްޕުޅު ބޭފުޅުންތަކާއި މުސް ކުޅި ބޭފުޅުންތަކުގެ މަތިން މައުމޫނު ހަނދާނެއް ނެތެވެ. ނުވަތަ ހަނދާން ހުއްޓަސް ހުރި ނުލަފާކަމުން އެކަންކަމާ މެދު ފަރުވާލެއް ނެތެވެ. މިއަދު މިފެންނަނީ އެމީހަކު ކުޅަ ކަމަކަށް އެމީހަކަށް ދުޔެމަތީގައި ވެސް ޖަޒާ ދެއްވާތަނެވެ.

އާޒިމާ ޝުކޫރުމެން ކަހަލަ މީހުންނަށް ނޭންގެނީ ބާވައެވެ. ނުވަތަ ހަމަ ނުލަފާކަމުން ދެއްކޭ ނުދެއްކޭ ވާހަކަ ނޭންގެނީ ބާވައެވެ. މީގެ 28 އަހަރު ކުރިން މި ބިމަށް އެޅުނީ ދިވެހި ކަރުނަ ތަކެކެވެ. މިއަދު އެ އެޅެނީ ބަންގާޅީ ކަރުނަތަކެއްދޯއެވެ. އަހަރުމެން ދިވެހިންނަށް ފަރުވާލެއް ނެތެވެ.

 

 

 

 

މިލިންކުން ތިޔަފެނިވަޑައިގަންނަވަނީ ރާއްޖޭގެ ތާރީހުން އުނިކުރެވިފައިވާ ތަޤްރީރެއްގެ ބައެކެވެ. މިފަދަ ނަސޭހަތްތެރި އަގުހުރި ތަޤްރީރުތައް ރައްޔިތުންގެ ކަންފަތްތަކަށް އިވުނަކަ ނުދޭނެއެވެ. އިހުގެ ސިޔާސީ ބޭފުޅުންގެ ދޫފުޅުތަކުން ނުކުންނަ ބަސްތަކާ، އިހުގެ ރައްޔިތުންގެ އަހްލާޤީ މިންގަނޑު ހުރިގޮތް ވިސްނާ ފިކުރު ކުރާ ބަޔަކަށް އެންގޭނެއެވެ. ހަމައެފަދައިން މިއަދުގެ ސިޔާސީ ބޭފުޅުންގެ ދޫފުޅުތަކުން ނުކުންނަ ބަސްތަކާ މިއަދުގެ ރައްޔިތުންގެ އަހްލާޤީ މިންގަނޑު ހުރި ގޮތް މިހިރަ ފެންނަނީއެވެ. މާދަމާގެ ހާލަތު ދެނެވޮޑިގެންވާނީ މާތްﷲ އަށެވެ. ވިސްނާ ފިކުރު ކުރާ ކޮންމެ ރައްޔިތަކު މިއަދު މިފެންނަ ސިޔާސީ ބޭފުޅުންގެ އަތްޕުޅު މައްޗަށް މާދަމާގެ ޖީލުތައް ދޫކޮށްލާފައި ކަމެއް ނުކޮށް ހުރެއްޖެނަމަ އެމީހަކީ ދީނަށާއި ޤައުމަށް ހިޔާނާތެރިވެއްޖެ މީހެކެވެ. އެހެން ކަމުން ރައްޔިތުންނަށް ފުރުސަތެއް އަރުވާ ޤައުމު ހެޔޮ މަގަށް ބަދަލު ކުރުމުގެ ނިޔަތުގައި އަޅުގަނޑަށްވީ ވަރަކުން ރިޔާސީ ކެމްޕޭން އިރާދަކުރެއްވިއްޔާ ފަށަން ގަސްދުކުރާ ވާހަކަ ދެންނެވީމެވެ.

 

 

މެނިފެސްޓޯތަކަށް ބަލާލުން-3

 

 

2008 އަހަރުގެ ސާފު ފުޓުބޯޅަ މުބާރާތުގައި ރާއްޖެއަށް ކާމިޔާބު މިންވަރު ކުރެއްވީތީ މާތްﷲ ސުބުހާނަހޫ ވަތައަލާ އަށް ހައްމުދާ ޝުކުރުދަންނަވަމެވެ. އަދި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ދިވެހި ފުޓުބޯޅަ ކުރިއެރުއްވުމަށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.  

 

ހ.ދ އަތޮޅުގެ މެމްބަރު އަލްފާޟިލް އަޙްމަދު އަބުދުއްﷲ ކުޅުދުއްފުށިން ބޭލުމަށް ހިންގުނު މާރާމާރީ ވަރަށް ހަރުކަށިކޮށް ކުށްވެރިކުރަމެވެ. މިކަމުގެ ފަތުގައި ތިބި މީހުން އެކަން ކުރި ނިޔަތް އަޅުގަނޑުމެނަށް ނޭންގުނަސް އެފަދަ ކަންކަމީ ތަހްޒީބީ ބައެއްގެ މެދުގައި ހިންގަންވާނެ އަމަލެއް ނޫނެވެ. އެއަމަލަކީ އަޙްމަދު އަބުދުއްﷲގެ މައްޗަށް ކުރެވިފައިވާ ފަސާދައިގެ ތުހުމަތުތަކުގެ ސަބަބުން ނުވަތަ މައުމޫނުގެ ސަރުކާރާ މެދު އޮތް ދެކޮޅުވެރިކަން ފާޅުކުރުމަށް ހިންގި އަމަލެއް ކަމުގައިވިއަސް ނުވަތަ މައުމޫނު ސަރުކާރާގެ މައްޗައް ހަމްދަރުދީ ހޯދުމުގެ ނިޔަތުގައި ސްޓޭޖުކުރި ކަމަކަށް ވިއަސް(އާބާދީ ގިނަ ރަށެއްގައި ތިބެންޖެހޭނެ ފުލުހުން އެކަން ހުއްޓުވަން ހަރަކާތްތެރިވި މިންވަރު ކުޑަކަމުން) އެމަލު ހިންގި ބަޔަކާ އެކަމެއް ރޭވި ބަޔަކު ހޯދާ އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ވަކިފަރާތަކަށް ނުޖެހި ތިއްބެވި ދިވެހި ފުލުހުންނަށް ދަންނަވަމެވެ.

މިހާދިސާއިން އަޅުގަނޑުމެނަށް ޔަޤީން ވަނީ މައުމޫނު ސަރުކާރުގައި ހިމާޔަތް މިލިބެނީ ހަމަ އެކަނި މައުމޫނަށް ކަމަށެވެ. ރަސްމީ ދަތުރުފުޅުގައި މައުމޫނު ސަރުކާރު ދިފާއުކުރައްވަން ވަޑައިގަންނަވާ މިނިސްޓަރުންގެ އަމިއްލަ ނަފްސަށް ނުރައްކާތެރިވާއިރު ވެސް އަމަން އަމާން ކަން ބަލަހައްޓާ ފުލުހުނަށް އެކަން ހުއްޓުވޭކަމަކަށް ނުވެއެވެ. ތިވަރު ސަރުކާރެއްގައި ތިއްބެވުމަށްވުރެ ނުތިއްބެވުން ބުއްދިވެރިވާނެކަން  ތި "ވަޒީރު" ބޭފުޅުންނަށް ވިސްނިވަޑައިނުގަންނަވަނީތޯއެވެ. ނުވަތަ ހަމަ ފައިސާ އާއި އިއްޒަތާއި (ރަށްރަށުން ފަހާލާއިރު އޮތީ ކޮން އިއްޒަތެއްތޯއެވެ) ބާރުގެ  ދަހިވެތިކަން ( ބާރެއްވެސް ނޯވޭ) ވިސްނުންފުޅުގެ މައްޗަށް ވެރިވަނީތޯއެވެ.

 

ޓުއަރިޒަމާ ކުރާ ދަޢުވާ

 

 

މާލެ އާއި ހުޅުމާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރައްރަށުގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ނުދެއްވުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އާ ޚިލާފު އަމަލަކަށްވާތީ އެކަން އެގޮތަށް ސާބިތުކޮށް،  ރާއްޖޭގެ ހުރިހާ ރަށެއްގައިމެ ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ލިބިގެންދާނެ ކޯޓު ހުކުމެއް ލިބޭތޯ ޓުއަރިޒަމް މިނިސްޓްރީ އާ ދެކޮޅަށް ދައުވާ އުފުލުމުން މަދަނީ ކޯޓުން އެކަން މިއަދު ބަލައިގަންނަވައިފިއެވެ.  ގެސްޓް ހައުސް އަދި ހޮލިޑޭ ހޯމްސް ހިންގުމުގެ ހުއްދަ ހުރިހާ ރަށަކަށްމެ ހުޅުވާލާނެ ކަމަށް އަޅުގަނޑުގެ މެނިފެސްޓޯގައި ބަޔާން ކޮށްފައިވާނެކަން މިފުރުސަތުގައި ދަންނަވަމެވެ. މިކަމަކީ ހަމަ މިހާރުން މިހާރަށް ވެސް ކުރަންޖެހިފައިވާ ކަމެކެވެ. އަދި އެކަން ހިފެހެއްޓުމަކީ ރައްޔިތުންގެ އަސާސީ ހައްޤަކަށް ސަރުކާރުން އަރައިގަތުމެކެވެ. ވާއެއްޗެއް އެނގިދާނެތާއެވެ.

 

 

ވެރިކަމަކީ އިންސާނެއްގެ ކޮނޑުގައި އެޅޭނެ އެންމެ ބޮޑު އަމާނާތެވެ.

 

 

މެނިފެސްޓޯތަކަށް ފާޑު ކިޔުން -2

 

"ބުރެޑްލީ އިފެކްޓް" ނުވަތަ "ވައިލްޑަރ އިފެކްޓް"

 

މޮރަޓޯރިއަމަކަށް ގޮވާލުން.

 

މެނިފެސްޓޯތަކަށް ބަލާލުން:1

 

ބުއްދީގެ ބޭނުން ހިފުން

 

އެހެން އިންސާނުންނެކޭ އެއްފަދައިން މައުމޫނު ވެސް ގަލޯހާޖާ ކުރައްވާނެއެވެ އެއީ ވެސް ހަމަ މާތްﷲ ގެ އަޅެކެވެ.

 

އަންނިއާ ހަސަން ސައީދުގެ  ރޭވުމެއްގެ ދަށުން، ހަސަން ސައީދު އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑަސީ ފޭރިގަންނަނީ!

 

 

މިވަރުގެ ބައެއް މައްޗަށް ވެރިކަމުގެ ބާރު ދިޔަދޭކަށް ނުވާނެ!
ނަންވާނީ މައުމޫނު!

 

 

ސިވިލްސާވިސް ކޮމިޝަންނާ ދެކޮޅަށް ޙާއްސަ މަޖިލީހުގައި ހިމެނޭ ސިވިލް ސާރވަންޓުން އުފުލި ދަޢުވާ.

 

 

ފުރިހަމަ ދިރިއުޅުމަކަށް މަސައްކަތް ކުރަމާތޯ

 

 

ގ. ކެނެރީގޭ އަލްފާޟިލް މުހައްމަދު ނަޝީދު އަށް މަރުހަބާ ދަންނަވަން!

 

ވެރިކަން

 

މައުމޫނަށް ސާބަސް! ތިވަރު އިންސާނެއް މިދުނިޔެއަކު ނެތް!

 

ދިވެހި ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާ، ޤާނޫނު އަސާސީގައި ބުނާ އެންމެ ބޮޑު ޚިޔާނާތުގެ ކުށް ދިވެހިންގެ ތެރޭގައި ހިމެނޭ ބަޔަކު ކުރަމުން ގެންދާތީ އެކަން ސިފައިންގެ އަށް ރިޕޯޓް ކޮށްފީމެވެ. ކަމެއްވާނެތީކީ ނޫނެވެ. މުސްތަގްބަލަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.  

 

 

ދިވެހި މުޖުތަމަޢުގެ މިއަދުގެ ވެރިންނަކީ ދީނަށާއި އިންސާނިއްޔަތައް ހުރި ނުރައްކަލެއް

 

 

މީ އަދި އަލަށް އިވުނު ވާޙަކައެއް.

 

މާލޭގައި މިހާރު އެހިންގަނީ މާރާމާރީއެއް ނޫނެވެ. އެއީ ޓެރަރިޒަމްގެ ހަރަކާތްތަކެކެވެ.

 

ކުރެވޭނީ ކުރެވޭވަރު ކަންތައްތައް

 

ޤައުމު ވެއްޓިފައިވާ އަދަވަޅު އިތުރަށް ފުންކުރައްވާނެ ކަމަށް އަންނި ވިދާޅުވެއްޖެ

 

ކުށްވެރިން

 

 

މައުމޫނޭ ކިޔައިގެން ދައްކާ ވާހަކަތަކުގައި ހަޤީޤަތްތަކެއް އެބަހުރި

 

ނާކޯ ޓެރަރިޒަމް ރާއްޖޭގައި ފެށިއްޖެ

 

މަލާމާތްކުރަނީކީ ނޫން!

 

އަޅުގަނޑުގެ  ވެބްސައިޓު ހާމަކުރަމެވެ.

 

 

މައުމޫނުގެ ކެބިނެޓް މެމްބަރުންނަށް ކުރާ އިލްތިމާސްއެއް

 

ދިވެހިންގެ މަސްލަޙަތު

 

ފޭލްޑް ރެވޮލިއުޝަނަރީއެއް

 

މުސޮލީނީ ވެރިކަމުން ބާލާފައި ހިޓުލަރު ވެރިކަމަށް އަރުވަންޖެހުން.

 

އައިސާބީގެ ދަރު ޙުސައިން ތަކުރުފާނުގެ ފުތް އަލްފަޤީޙު އިބްރާޙީމް ތަކުރުފާނު
(އައިސާބީގެ ދަރު ދޮންބެއްޔާ)

 

 

ތައުޒިޔާ

ރޭ މާލޭ މަސް މާރުކޭޓު ސަރަހައްދުގައި ހިނގި ހާދިސާއެއް ގައި އަޅުގަނޑުމެންގެނާ ވަކިވެވަޑައިގަތް ޒުވާން ދިވެހި ފަސް ދަރިންނަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޔުމަތް ލެއްވުން އެދި ދުއާ ދަންނަވަމެވެ. އަދި އެބޭފުޅުންގެ އާއިލާތަކަށް ކެއްތެރިކަން ދެއްވާށިއެވެ.

މިހިތާމާގައި ބައިވެރިވުމަށް ދިވެހި ދިދަ ބައިދަނޑި އަށް ތިރި ކޮށްދެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ.

މިކަމާ ބެހޭ ގޮތުން  ތަންކޮޅެއް މުނާސަބު ވަގުތެއްގައި އެއްޗެއް ދަންނަވަން ގަސްދުކުރާ ވާހަކަ ދެންނެވީމެވެ.

ެއިދުހާމުގެ ސިޔާސީ ތަޖުރިބާއެއް ނެތް!

 

އެމް.ޑީ.ޕީ އަށް ހެޔޮއެދެމެވެ

 

ޝުކުރިއްޔާ!

 

އަޅުގަނޑުގެ މެނިފެސްޓޯ އަށް ތާއީދު ކުރެއްވި އަދި އިސްލާޙްހުށަހެޅުއްވި ހުރިހާ ބޭފުޅުނަށާއި އޭގައި ހުރި ބައެއް އުނިކަންތައްތައް ފާހަގަ ކުރެއްވި ބޭފުޅުންނަށް ވަރަށް އިޙްލާސްތެރިކޮށް ޝުކުރު ދަންނަވަމެވެ.

ވަކިން ހާއްސަ ކޮށް އަޅުގަނޑާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ވަރަށް ގިނަ އަދަދެއްގެ ބޭފުޅުންތަކަކަށް  ޙާއްސަ ޝުކުރެއްދަންނަވަމެވެ. އަޅުގަނޑު ހީކުރި ވަރަށްވުރެ މާ ގިނައިން  އަޅުގަނޑު މިގެން ގުޅޭ ޙިޔާލަށް ތާއީދު ކުރައްވާ ބޭފުޅުން މި ޤައުމުގައި ތިއްބެވި ކަމަށްޓަކަޢި މާތްﷲ އަށް ހަމްދާ ޝުކުރުކުރަން. އެކަލާނގެ ތިޔަ އެންމެ ބޭފުޅުންނަށް ރަޙްމަތް ލަށްވާށި. އާމިން.

 

ތިޔަބޭފުޅުންގެ ތާއީދާ މަސައްކަތްޕުޅުން އަޅުގަނޑުމެން މިތެދުވި މަސައްކަތަށް ކާމިޔާބު މިންވަރު ކުރައްވާތޯ މާތް ﷲ ސުބުހާނަހޫ ވަތަޢަލާ އަށް ދުޢާދަންނަވަން.  އާމިން.

ޝަރީއަތުން ކުރާ ޚުކުމެއް މާފު ކުރުމަކީ އެންމެ ރަގަޅު ކަމެކެވެ.

 

މާތްﷲ ގެ އިރާދަފުޅާއެކު ޤާނޫނު އަސާސީ އިސްލާހު ވެގެން ރިޔާސީ އިންތިޚާބެއް ބޭއްވޭނަމަ އެ އިންތިޚާބުގައި އަޅުގަނޑުގެ ވާދަކުރުން ބިނާ ކުރާ ސިޔާސަތުތައް ހާމަކުރުމުގެ އުފާ ލިބިގަންނަމެވެ.

އިރާދަކުރެއްވިއްޔާ މި ސިޔާސަތުތައް ދިފާޢު ކޮށް ޖަވާބު އަރުވަން ނޫސް ކޮންފަރެންސެއް ބާއްވަން ގަސްދުކުރާ ވާޙަކަ ދެންނެވީމެވެ. އަޅުގަނޑުގެ މިސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅުން އަޅުގަނޑާ ބައިވެރިވެވަޑައިގެންދެއްވުމަކީ ޤައުމަށް ކުރެއްވޭނެ މަތިވެރި ހިދުމަތެކެވެ. މި ސިޔާސަތުތަކާ ދެ ކޮޅު ބޭފުޅުން މި ސިޔާސަތުތަކާ ދޭތެރޭ ފުންކޮށް ވިސްނަވާފައި ގޮތެއް ނިންމަވާނެ ކަމަށް ހީކުރަމެވެ. ދެކޮޅު ބޭފުޅުންނަށް ވެސް ޝުކުރުވެރިވާނަމެވެ. އިސްލާޙްކުރަން ފެނިވަޑައިގަންނަވާ ކަމެއް އޮތް ނަމަ އަންގާލަދެއްވުން އެދެމެވެ.  

 

 

ކޮމެންޓަކާ ގުޅޭ ގޮތުން.

 

ޤައުމުގެ ވެރިކަން މީހަކާއި ހަވާލު ކުރަންޖެހޭނީ މާޒީ އާއި ހާލުގެ މައްޗަށް ވިސްނާފަ

 

 

ހެޔޮ ބަދަލަށް ކުރާ ހަނގުރާމައި ގައި ބައިވެރިވެވަޑައިގަންނަވާށެވެ!

 

މުޢުތަސިމް ވެސް އެމް.ޑީ.ޕީ މެމްބަރޝިޕް ދޫކޮށްލައްވައިފި!

 

 

ދިވެހި ޤައުމުގެ ޙަޒާނާ

 

އެމް.ޑީ.ޕީގެ މެމްބަރުކަން ދޫކޮށްލައިފީމެވެ.

 

 

ވަގުތުން ހިންގަން ޖެހޭނެ ބައެއް ސިޔާސަތުތައް!

 

ބިޒްނަސް ޓެރަރިސްޓުންގެ އަމަލުތައް ހުންނަ ގޮތް އެމް.އެމް.އޭގެ ގަވަނަރުގެ ދޫފުޅުން! 

 

ސިޔާސީ ޕާޓީތަކެއްތޯ ނުވަތަ ގޭންގްސްޓަރުންގެ ޖަމާއަތްތަކެއްތޯ

 

އެޒަމާނަކަށް އެކަށީގެންވާ ގޮތަށް ޑެމޮކްރަސީގެ ވާހަކަ ރާއްޖޭގައި ދެކެވުނުބާ؟

 

ސިޔާސީ ހިސާބު ޖަހަން ނުދަންނަ ލީޑަރޝިޕް

 

މާލޭ ހޮޓޭލްސް ޕވޓ ލޓޑ ގެ މައްޗަށް ކުރާ ދަޢުވާގައި އަމީން ފައިސަލްގެ ފަރާތްޕުޅުން ހުށަހަޅާ ބަޔާން

 

ވަގުތީ އަމުރަށް ޝަރީއަތުން ދެއްވި ޖަވާބު

 

އަޅުގަޑުމެން ބޭނުންވަނީ!

 

ކުކުޅު ކަތިލިޔަ ނުދެމާތޯއެވެ !

 

މި ލިންކުން ތިޔަފެނިވަޑައިގަންނަވަނީ އެމް.ޑީ.ޕީ އިން މާގާތް ގުޅުމެއް އޮންނަ ކަމަށް އެކިޔާ ގެރީ ސްޓްރީޓަރ. މީނަގެ ސިޔާސީ ވިސްނުމުގެ ބިންގާ ކަމަށް އެބުނަނީ ކުރިސްޓިއަންދީން. މިވަރުގެ މީހެއް ރާއްޖެ ގެނެސް އެއްބަސްވުންތަކުގައި ސޮއި ކުރަން އުޅުމުން ތިކަން ނުކުރާން އަޅުގަނޑު އެތަށް ފަހަރަކު އެމް.ޑީ.ޕީގެ ޗެއަރމަނަށާއި އިސްބޭފުޅުން އަރިހުގައި ދެންނެވިން. އެކަމަކު ކީއްތޯ ކުރާނީ އެވެރިން އެތިބީ މަގުފުރެދިގެން ގޮސްފައި.

 

"ކޮސް" ގޮވެނީ ކާކަށް؟

 

ކޮންސިއުމާރ އެސޯޝިއޭޝަނުން ޓުރާންސްޕޯޓް މިނިސްޓަރަށް ފޮނުވި ސިޓީއެއް.

 

 

ތިން ގޮތް

 

 

ސޯޝަލް ޑާވިނިޒަމްގެ މައްޗަށް ބިނާވެފައިވާ ޑެމޮކްރަސީއެއް ބޭނުމެއް ނޫން.

 

ހަޤީޤަތް ހާމަ ކުރުމުން އެމް.ޑީ.ޕީ ހީކަރުވައިފި!

 

ކޮމިއުނިޒަމަށް ތާއީދު ކުރަނީކީ ނޫނެވެ.  ވަގުންނާ ދެކޮޅީއެވެ.

 

މަސައްކަތް ފަށައިފިން

 

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަނޑު، ކަނޑުމަތި އަޅުވައިފި!
ރައްޔިތުންނަށް ދައްކަނީ ރެދަން ލައްވުވާފައި ހުރި ރަށްތަކެއް!
ޙަޤީޤަތަށް ވާޞިލްވާއިރު ވަގުތު އޮންނާނީ ފާއިތުވެފައި!

 

ބިޒްނަސް ޓެރަރިސްޓުން އަތުން ޤައުމު މިނިވަން ކުރުން.

 

ދިވެހިރާއްޖޭގެ މުސްތަޤްބަލް މައުމޫނުގެ " ދެނެއެއް ނެތީމޭ "  ވިދާޅުވާ ސިޔާސަތަށް ދޫކޮށްލައިގެން ތިބެން ހެޔޮވެސްނުވާނެ.

 

އިމާދު ސޯލިހު ބާނީ އަކަށް ނަހައްދަވާތި!

 

މީހުންގެ މުދަލަށް ގެއްލުން ދިނުން

 

އިތުރުައުރަކަށް މައުމޫނަށް ކުރިމަތި ނުލެވުން

 

ރަގަޅު ގޮތުގައި ފުރުސަތުގެ ބޭނުން ހިފުން

 

ފުރާނަ

ރައްކައުތެރިކަން

 

މާރާ މާރީ

 

ގޮޅާބޯ އަކީ ކާކު؟

 

ރައްޔިތުންނަށް މަލާމާތްކުރުން

 

މައުމޫނާ އިނާމު ދިނުން

 

 

އެމް.ޓީ.ޑީ.ސީ އާ ކުރާ ދައުވާ ހަތަރު މަސް ދުވަހަށް ފަހު މިދިޔަ ހަފްތާގައި ބޭއްވިއެވެ. މިހާރު މައްސަލަ ބައްލަވަނީ އެހެން ޤާޟީއެކެވެ. އަޅުގަނޑު ބަޔާން ހުށަހެޅުމުން ޝާޙީނު ވިދާޅުވީ ލިޔުމުން ޖަވާބު ދޭން ވަގުތު ދިނުމަށެވެ. ޤާޟީ ދެފަރާތަށް ވެސް ބަހުރުވަ ރީތިކޮށް ބެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

 

 

ޓީން ކާރފިޔު

 

ވަގުތު ބޭކާރު ކުރުން

 

ގުޅިފަޅު

 

އުއްމީދު އާލާވަނީ !

 

 

ޝަހީދު ހާމަކޮށްފައިވާ މައްސަލަ އަކީ ރައްޔިތުން މަޖިލީހުން ވަގުތުން ބަލަންޖެހޭނެ މައްސަލައެއް! އެކަމަކު މި މައްސަލަ ހިތްވަރު ގަދަ މެމްބަރެއް މަޖިލީހަށް ހުށަހެޅި ނަމަވެސް ވާދޫ ޒާހިރު ބަލައެއް ނުގަންނާނެ! އެހެންތާ ހަދަންޖެހޭނީ  ޕެރަޑައިސް ރިސޯޓް އެއޮތީ އޭނާ އަށް ގޮޅާބޯ ހަދިޔާ ކުރައްވާފަތާއެވެ.

 

މިވާއެއްޗެއް އެނގޭބާވައެވެ!

 

ސާބަސް ގޮޅާބޯ!

 

ދިވެހި ޤައުމުގެ މިނިވަންކަން ގެއްލުވާލައިފ

 

ދޮގު ދޮއްގާ

 

ރޫހާނީބޯ ކޮންބޯ؟ ގޮޅާބޯ

 

 

ބަރަކާތްތެރި އަލްޙާ އީދުގެ ހެޔޮ ތަޙްނިޔާ ތިޔަ އެންމެ ބޭފުޅުންނަށް އަރިސް ކުރަން!

 

ސުވާލަކާއި ޖަވާބު

 

ވިސްނުން ހާދަހާވާ ތަފާތެވެ.

 

 

ކަނޑުގެ މަސްތައް މަރުވާތީ ކަންބޮޑުވުން.

 

މިއޮތީ ޅައެއްޗެއް އެޅިފަބާވައެވެ!

 

pigeon
މިނިވަންކަމަށާއި، ފާގަތިކަމަށާއި، އަދުލްވެރިކަމަށް!

 

 

އަފީފު ދީދީ އަށް ފަހު އިނގިރޭސިން އުފުލާނެ ދިވެއްސަކީ ކާކު؟

 


ފަހު ހަނގުރާމަ

 

ދިވެހިން ބޭނުމީ ހަމަ މި މައުމޫނުތޯއެވެ!

 

އިއްތިހާދެއް ހަދަން ޖެހުން އެއީ ސިޔާސީ ޕާޓީތައް ފޭލްވެފައިވާ ކަމުގެ އަލިގަދަ ހެއްކެއް

 

ކަނޑު ވިއްކާލީ ކަނޑިއެއްނޫން! ކަނޑު ވިއްކާލީ ކަކާގޭ އަޙްމަދު ހިލްމީ ދީދީ އެއްވެސްނޫން! ކަނޑުވިއްކާލީ ކާކު؟

 

އުއްމީދު ގެ އަލިކަން ގެއްލެނީއެވެ.

 

ސަރުކާރު

 

ވަގުތީ ސަރުކާރަކަށް ގޮވާލުން

 

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ވުން

 

 

ޙާއްސަ މަޖިލީހުން ޤައުމުގެ މިނިވަން ކަމަށް ހަމަލަދެނީ!

 

ގޮޅާ ބޮސް

 

އެކި ވާހަކަ

 

އޮރިޔާން ބުޑު ނައްކަވާރުން

 

 

މައުމޫނާ ދެކޮޅުވުން އެއީ ހައްޖުވުން ކަހަލަ ކަމެއްތޯއެވެ. 

ތަޢުލީމު
ނޯޓު: މިމަޒުމޫނު ވިދާޅުވެ ނިމިވަޑައިގަންނަވާއިރު އަޅުގަނޑު ވެރިކަމަށް ކުރިމަތިލާން ގަސްދުކުރާ ސަބަބު އެނގިވަޑައިގަންނަވާނެއެވެ

 

 

 

ގައްޔޫމުބޭގެ ލައިފު އިންޝުއަރރަންސްގެ ބެނިފިޝަރީއަކަށް ބުރުމާ ނުވަތަ އިލިޔާސް ނަގާހާ މޮޔަވާނެބާ؟

ނިޔަތް ނުބައި ކެމްޕޭނު

 

ވަތޮނީ ނަޝީދު 

ޙާއްސަ ދެންނެވުމެއް
މިސައިޓުން ނަންގަވައިގެން މިނިވަން ނޫހުގައި ޖައްސަވާ ބައެއް މަޒުމޫނު ތަކުގައި ބައެއް ބައިތައް އުނި ކުރައްވާފައި ހުރުމުން ވަރަށް ބޮޑެތި އޮޅުން އަރަމުންދާތީ ހިތާމަ ކުރަމެވެ. މި ސައިޓުން ނަންގަވަންޏާ އަކުރުން އަކުރަށް (ހަމައެކަނި އިމްލާ ކުށް އިސްލާޙު ކުރުން ފިޔަވާ) ޖެއްސެވުން އެދެމެވެ. އެންމެ ފަހުން މިނިވަން ނޫޙުގައި ޝާޢިއު ކުރެއްވި މަޒުމޫނުގައި އިބުރާހިމު ހުސެއިން ޒަކީ އާމެދު އަޅުގަނޑު ފާޅުކުރި ޙިޔާލު ވަނީ އެއްބައި އުނިކޮށެވެ. މިކަން ކިޔުން ތެރިންނަށް ސާފުކޮށް ދެއްވުން އެދެމެވެ. އެހެން ނޫނިއްޔާ ބެލެވޭނީ އަޅުގަނޑު ވެރިކަމަށް ކުރިމަތިލާނެ ކަމުގެ ޙިޔާލު ފާޅުކުރުމުން އަޅުގަނޑާ ދެތެރޭ ބައެއްގެ ހިތްތަކުގައި ނުތަނަވަސް ކަން އުފައްދަވަން ތި ނޫހުން ކުރައްވާ ކަމެއް ކަމަށެވެ. މި ހުންނަނީ އާދައިގެ ގޮތެއްގައި އަޅުގަނޑު ދޫކޮށްލާނެ ކަންކަމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ރައީސްކަމަށް ފައިނަންގަވާ ބޭފުޅުންނަށް ބަލާލުމެއް.

ބަދަލަށް ބިރު ނުގަންނަމާތޯއެވެ.

 

މައުމޫނު ބާއީއެވެ ތީދެން ކޮންފަދަ ވާހަކަ އެއްތޯއެވެ.

 

ވައިރަސް މައުމޫނު

 

ހަސަން އަފީފުގެ އިއުތިރާފު

 

 

ޤާނޫނާއި ވެރިކަން

 

ހިތްނުފުރޭ އިބިލީސް

 

ތަޢުޒިޔާ

ބޮޑު ފެންވަޅުގޭ ސީދީގެ އަމީނާ ހުސެއިން، (ތުއްދޮން ސިއްތި) ދެ މި އޮތުމުގެ އާލަމަށް ދަތުރު ކުރެއްވި ވާހަކަ އިވުމުން މި ސައިޓުގެ އެޑިޓަރުންނަށް ލިބުނީ ވަރަށް ބޮޑު ފުން ހިތާމައެކެވެ.

އެ ކަމަނާ އަކީ ދިވެހި ފަހުގެ ތާރީހު ދުށް އެންމެ ހިތްވަރު ގަދަ ކަމަނާއެވެ. އެކަމަނާ އަކީ އެކަމަނާގެ ބައްޕަ ފަދައިން ހައްޤު ބަސް ވިދާޅުވުމުގައި ފަސް ޖެހިވަޑައިގެންނެވި ބޭފުޅެއް ނޫނެވެ.

އެކަމަނާގެ ފުރާނަފުޅަށް ސުވަރުގޭ ގެ ދާއިމީ ނިޔުމަތް ދެއްވުމަށް އެދި މާތް ﷲ އަށް ދުއާ ދަންނަވަމެވެ. އަދި އެކަމަނާގެ އާއިލާގެ އެންމެހާ ބޭފުޅުންނަށް ތައުޒިޔާ ދަންނަވާ މި ހިތާމަވެރި ވަގުތުގައި ކެތްތެރިކަން ދެއްވާތޯ ދުއާދަންނަވަމެވެ.
އެކަމަނާ ކުރައްވަމުން ގެންދެވި ޖިހާދައިގެން ކުރިއަށް ވަޑައިގެންނެވުމަށް ތިޔަ އެންމެ ބޭފުޅުންނަށް ހިތްވަރުއަރުވާ އެ ޤައުމީ ޖިހާދުގައި ކާމިޔާބު މިންވަރު ކުރައްވާތޯ މާތް ކަލާގެ ކިބަފުޅަށް ދުޢާކުރަމެވެ.

  މައުމޫނު ހާނާ

 

"އެމް.ޑީ.ޕީ މަސައްކަތް ކުރާނީ މާތް ވެގެންވާ އިސްލާމުދީން ހިމާޔަތް ކޮށް ރައްކާތެރި ކުރުމަށެވެ. އަދި އެމް.ޑީ.ޕީން އިސްލާމުދީން ފިޔަވާ އެހެން ދީނަކަށް ފުރުސަތެއް ނުދޭނެއެވެ".

 

އަލަށް އެކުލަވާލަމުންދާ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފަށްޅިތައް އަޅާ، ބުދުކޯލުތައް ހެދުމަށް ޖާގަ ލިބޭނެ ކަމަށްބެލެވެއެވެ

 

ދިވެހިރާއްޖޭގެ ސްޓޭކް ހޯލްޑަރުންނަކީ ދިވެހި ރައްޔިތުން

 

ކަރާމާތް

 

ދިވެހިރާއްޖެ  ސެކިއުލާރ ޤައުމަކަށް ހެދުން.

 

ހެރެތެރެ ހުޅުވުން ލަސްކުރަން ޖެހުން

 

ތަހްޒީބު

 

ހިމެނެން ގަސްދުކުރަމެވެ

 

މިސޮރު ޢާޙިރަތްދުވަހު މަލާއިކަތުންނަށް ވެސް ރިޝްވަތު އަރުވަން  އުޅެފާނެ!!

 

މުނައްވަރުގެ ދަޢުވަތު

 

މުސާރަ ކަނޑާލާށެވެ

 

ހިތި ހަނގުރާމަ

 

ހުޅަނގުގެ ލިބެރަލް ޑެމޮކްރަސީއަކަށް ދިވެހިން ތައްޔާރެއްނުވޭ!

 

ނޫސް ބަޔާން
ޕޮލިސް ފެމިލީ އެސޯޝިއޭޝަނުގެ މެމްބަރުންނަށް ވިޔަފާރި ތަކުން ޙާއްސަ އިނާޔަތް ހޯއްދެއްވުން ކުށްވެރިކުރުން.

 

 

ކުޅިބަލަން ފަހަތު ސީޓުގައި ތިބެވޭކަށެއް ނެތް

 

 

އިންޓުރިމް ނުވަތަ ވަގުތީ ސަރުކާރެއް ޤާއިމު ކުރިއަކަ ނުދޭނެ

 

މައުމޫނަކީ ހަމަ ތަނަވަސް ކަމުގެ އަހުލުވެރިންގެ މާތް ޒައީމު ދެއްތޯއެވެ.

 

ދިވެހިރާއްޖޭގެ ވެރިކަން ތަބަކެއްގައި މައުމޫނަށް ވެދުން ކޮށްގެން ނުވާނެ!

 

 

ހަސަނާ!އަންނި! ތިކިޔަނީ ކީކޭތަ؟

 

ހައްދު ފަހަނަ އަޅާފައިވާ މީހަކަށް ނުވަތަ ހައްދުފަހަނަ އަޅާފައިވާ ބައިގަނޑަކަށް ދިވެހިންގެ ވެރިކަން ދެނެއް ދީގެން ނުވާނެ!

 

 

ގޮޅާބޯ އަކަށް ނުވާށެވެ!

 

 

ދޮގު ދޮގު ހުސް ދޮގު

ހަތްބޯރާހި

 

މިހާރުން މިހާރަށް ބަދަލު ގެންނަން ވެއްޖެ

މީދެން ބޮޑުވަރެކެވެ

 

ސަރުކާރަށް ކިއަމަންގަތުން

 

މރ. ސުވޯމްޕިއްލޭ ނިޔައުވުން.

ތަޤްވާވެރިވުމާއި ނަހީކުރެއްވި ކަންތައްކުގެ ތެރެއިން ކުރިއަށް ހުރި ކަންތައްތައް.

 

ތާރީޙްގެ ތެރެއިން

 

އަޅުގަނޑުމެންގެ މި ދިވެހި ޤައުމު ހަލާކާ ބަލާވެރި ކަމުން ސަލާމަތް ކުރަމަތޯއެވެ.

 

"އެއީ ފިރުއައުނުގެ ކޮށްކޮއެއް ހުރިނަމަ އެކޮށްކޮ ނުކުމެ މި ޤައުމުގައި ފިރުއައުނުގެ ވެރިކަމާ ތޮޅޭނެ މީހަކު ނުހުންނާނޭ ބުނުން ކަހަލަ ކަމެކެވެ."

 

 

މަޢުމޫނު އަބުދުލް ޤައްޔޫމުގެ ކޮށްކޯފުޅުންނެއް ނުތިއްބަވާނެއެވެ. މައުމޫނުގެ ތިބޭނީ ކޮށްކޮއިންނެވެ.

ޑުރާފުޓު ކުރެވިފައިވާ ޤާނޫނު އަސާސީ ހަމަޖެހޭ ބާވައެވެ.

 

ތާރީހުގެ ތެރެއިން

 

ކާފަރުން

ޝަގާފީ އިންގިލާބުގެ ނަތީޖާ

 

ޤައުމަކަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ އިލްމުވެރި ޑިކުޓޭޓަރެއް ހަޔާތް ކުޑަ މަހުޖަނެއްގެ އަތުގައި ހިފުމެވެ.

 

ބޮމް ގޮށްވުމުގެ ތަޙްޤީޤް

 

މީ އެ ނަޝީދުއަށް ވާވަރު

 

މިއީތޯ އަޅުގަނޑުމެން ދިވެހިންގެ ގޮތަކީ؟

 

 ދެމަޖިލީހުގެ މެމްބަރުން ވެސް ފީކަޅާ ހެދުން ހުއްޓާލައްވާށެވެ.

 

"...މަށަކީވެސް ހަމަ ދިވެއްސެކޭ! ތިހިތުތެރޭވީ ޤައުމީ ލޯއްބެއް މިހިތު ތެރޭވެސް އެބަވެއޭ..."

 

ދިވެހިންނަށް ދިވެހިރާއްޖެ އަތުވާނެބާ؟

 

ބޮން ގޮށްވުން ކުށްވެރިކުރަމެވެ.

 

މައުމޫނަށް ސަޕޯޓުކުރާ މީހުނަށް، މައުމޫނުގެ ކެބިނެޓް މެމްބަރުންނަށް!

 

ކުށްވެރިންގެ އައްޕަ ލުއްސާލަށްވާށެވެ!

 

   "ސަނާ ފަ ނާ ކިޔާ ދިވެހިން"

 

މޯލްޑިވް ކޮންސިއުމާރސް އެސޯޝިއޭޝަން އަށް މަރުހަބާ!

 

"މައުމޫނު އަބުދުއްލް ޤައްޔޫމާ ސިޔާސީ ގޮތުން ވާދަ ކޮށްލެވޭނެ މީހެއް މި ޤައުމުގައި ނެތް".

 

ކުށްވެރިންގެ ބަފާ

 

މައުމޫނަށާއި ނާސިރަށް ކުރިމަތި ނުލެއްވޭނެ ގޮތަށް ޤާނޫނު އަސާސީ ޑުރާފްޓް ކުރުން

 

ސުންމަ ލަންމަ 1

 

އާދަޔާ ޙިލާފު އާދަމުގެ ދަރިން

 

ބްރެއިން ޑްރެއިންވުން

 

ޑީ. ޢާރު. ޕީ އަކީ މައުމޫނު ވަށައިގެން އެނބުރޭ އޮޕޮޗުނިސްޓުން ތަކެއް ތިބި ޕާޓީއެއް

 

މރ. ޑިސަނަޔަކަ އަޅުގަނޑުމެނާ ވަކިވެވަޑައިގަތުން

 

ދިވެހިރާއްޖެ އަކަށް ބަދަލެއް ނާދެއެވެ. ބަދަލު އައީ  މައުމޫނުގެ އޯކޭ މިންގަޑަށެވެ

 

 

ދިވެހިރާއްޖޭގެ ނެލްސަން މަންޑޭލާއޭ ނުވަތަ ދިވެހިރާއްޖޭގެ މަހާތަމާ ގާންދީއޭ ބުނެވޭ ވަރުގެ މީހަކު އެބަހުރިބާ!

 

 

ދިވެހިރާއްޖޭގައި މިއަދު މިއޮތީ ޑިކްޓޭޓަރެއް ހިންގާ ކުލެޕްޓޮކުރަސީއެއް

 

ހުވަފެނުން މަގުފުރެއްދުން

 

 

"އަޚްލާޤު ނެތަމަ އުންމަތުގައި ހަރުދަނާވެފައި

            އަޙުނާއި އުޙްތުނޭ އެބަޔަކު ނެތި ހިނގައްޖެޔޭ"

 

 

ވާދޫ ޒާހިރު، ހަފްތާ ޒާހިރު، ސީނާ ޒާހިރު، ޕެރަޑައިސް ޒާހިރު

ހަބަރު

މޯލްޑިވް ކޮންސިއުމަރސް އެސޯޝިއޭޝަން ރަޖިސްޓްރީ ކުރަން ހުށަހެޅުން

 

ސޯޝަލް ޑާވިނިޒަމް އަށް އިތުރަށް ޖާގަ ދީގެން ނޫވާނެ

 

މިއަދު މައުމޫނު ހޭނެ އެވެ. އެކަމަކު ދަންނައްޗެވެ، ފަހުގެ ހުނުން ހޭނީދިވެހިރައްޔިތުންނެވެ.

 

އެމް.ޑީ.ޕީ ހުދުމުހުތާރު ނުވުމަށް ގޮވާލަން.

 

މައުމޫނުގެ މައްސަލަ އަކީ ސިޔާސީ މައްސަލައެއް ނޫނެވެ،  އެއީ އެއަށްވުރެ މާ ވިހަ ގަދަ މައްސަލައެކެވެ.

ކެމިކަލް ގޮޅާ  

 

މިފޮޓޯއިން ފެންނަން އެހެރަ މީހާ ހުރީ ދާހިއްލާފަތޯ ނުވަތަ ދާހިލި ކެކިފަތޯ؟ ނުވަތަ މިއީ ޕުކާ، ސިޔާ ގޮތަށް ދެނަން ކިޔާ އެކައްޗެއްތޯ؟

 

ސިވިކް ރެސްޕޮންސިބިލިޓީ ނުވަތަ ޒިންމާދާރުރައްޔިތުން.

 

ނިކުސަންގެ އިސްތިޢުފާ ސިޓީ

 

ރިޔާސީ ޖޯކު

 

 

މައުމުނު އަބުދުލް ޤައްޔޫމުގެ ޙުދުމުހުތާރު ވެރިކަމުގެ އެހީތެރިންނަށް

 

ސިޔާސީ ސަމުގާ

 

ޖޯޖު ބުޝްގެ ރަނިންގް މޭޓަކަށް ހުރީ ޑިކް ޗޭނީއެވެ. މައުމޫނުގެ ޑިކަކަށް ވާނީ ކާކުބާ؟

 

ހީ އިޒް އަ "ސިކު" މޭން.

 

ރެފެރެންޑަމް ގެ މައްސަލަ މަދަނީ ކޯޓަށް ހުށަހެޅުން (އިސްލާޙްކުރެވިފައި)

ހެއްވާ ޙަބަރު

މިނިސްޓްރީ އޮފު ޕުރޮޕަގެންޑާރ، ގާބޭޖު އެންޑް ގޮޅާބޯ އެފެއާރސް އުފައްދަނީޔޯ!

 

18 އޮގަސްޓްގައި 2007 ގައި ނެގި ވޯޓާ މެދު އެމް.ޑީ.ޕީން ގޮތެއް ނިންމަން ވެއްޖެ.

 

އެމް.ޑީ.ޕީގެ ސިޔާސަތުތައް ވަގުތުން ބަދަލު ކުރަން ވެއްޖެ.

 

ކާފަ ކިޔާ ކުދިން ބަސްނާހާ ފިލީމާ، ބައްޕަ ކިޔާވަރު މީހުންނަށް ވަޒީރު ކަން ދިނުން.

 

 

ޖީ.ބީއެވެ! ކަލޯ އަށް ވާ ސާބަސް؟ ކަލޯ ތީ އިންސާނުންގެ ތެރެއިން ބަލިކަށި މީހުންނާ ކުޅޭ ސޮރެކެވެ. އާއިލާގެ އެކަކު އަނެކަކާ ދިމާއަށް  މޮޔައެކޭ ގޮށްވަން މަޖުބޫރުކުރުވާ އިފުރީތައެކެވެ.

 

އެމް.ޓީ.ޑީ.ސީ ގެ މައްސަލާގައި އެކުންފުނީގެ ފަރާތުން ޝާޙީނު (އިންސާނާ) ހުށަހެޅި ބަޔާން.

ބަޔާނުގެ ސަފްޙާ: 1 ،  2،  3، 4، 5، 6

 

ނޯޓް: އެމް.ޓީ.ޑީ.ސީ ރަޖިސްޓްރީ ކޮށްފައިވަނީ އަޅުގަނޑު ޗުއްޓީގައި ހުރި ދުވަސް ވަރެއްގައެވެ. އެ ކުންފުނީގެ ސެޓްފިކެޓްގައި ސޮއި ކޮށްފައިވަނީ އަޙްމަދު އިފްތިޙާރު ކިޔާ ޓުރޭޑް މިނިސްޓްރީގެ ވެރިއެކެވެ. ޝާޙިން! ރަގަޅަށް ބަލާލާފައި އަނގަ ހުޅުވުން ބުއްދިވެރި ވާނެ!

 

ޖަނަވާރުންނާ ވާހަކަ ދައްކާނީ ޖަނަވާރުންނެވެ.

 

ކެތްތެރި ވުން

 

ބޮލަކަށް ހަ ބޯ ގޮޅާބޯގެ އުސޫލުން ނެގި ވޯޓު

 

އެވާހަކަ މިވާހަކަ

 

ހަސަނާއި ޖަމީލަކީ ވަރަށް އަގުހުރި ދެ ހެކިންނެވެ.

 

 

މަޢުމޫނު! މަޢުމޫނު! މަޢުމޫނު! ހަސަނާ ، ޖަމީލު އިންޓަވިޔު ދިން އިރު އިސްތިޢުފާ ޤަބޫލު ކުރައްވައިފިންތޯ؟ ޤަބޫލު ނުކުރައްވާ އޮތް ނަމަ އެ މީހުން ކޮށްފައި އޮތް ހުވާގައި،  ރައީސުލްޖުމްހޫރިއްޔާ އަށް އިޙްލާސްތެރި ވާން ޖެހޭކަމަށް ބުނާ ބަޔާ އެއޮތީ ޙިލާފު ވެފައިނޫންތޯއެވެ.

 

ޓުރޭޑް އާއި ބޮޑެތި ޕުރޮޖެކްޓްތައް

 

އެމް. ޓީ. ޑީ. ސީ އާ މެދު ކުރާ ދަޢުވާގެ ތިންވަނަ އަޑުއެހުން

 

ދެކުނު ބަޤާވާތުގެ ބައެއް ފޮޓޯ ތައް، ނާސިރާ މައުމޫނާ ހުރިތަފާތު ވަޒަން ކޮށްލައްވާ!

 

 

 

ޓުރޭޑުން ދިން "ސޭކު" ޖަވާބު

ސީ އެނޑް ޖީ އިން ދިން ރައްދު

 

މިނިސްޓަރ އޮފް އިކޮނޮމިކު ޑިވެލޮޕްމަންޓް އެންޑް ޓުރޭޑް މުހައްމަދު ޖަލީލާ ބޮޑު ދޮގު

 

މާލޭގެ މޫސުމާ ބެހޭ މަޢުލޫމާތު ވަގުތުން ވަގުތައް ދިވެހި ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް މޫސުމާ ބެހޭ ޑިޕާޓްމަންޓެއް ހަދައިގެން އެތަށް މިލިއަނު ރުފިޔާ އެއް ޙަރަދު ކުރަމުންދާ ދިވެހި ސަރުކާރަށް ނުކުޅެދިފައިވާތީ،  އަޅުގަނޑަށް ވީ މިންވަރަކުން އެޙިދުމަތް ފޯރު ކޮށް ދެވޭތޯ މޯލްޑިވް-ވެދާރ ގެ ނަމުގައި މާތް ﷲ ގެ ވާގިފުޅާ އެކު ވެބުސައިޓެއް ޤާއިމު ކޮށް އެ ޙިދުމަތް އެރުވުމުގެ އުފާ ލިބިގަންނަމެވެ.

މާލޭ ގައި އިއްޔެ ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ހިތާމާގައި އަޅުގަނޑުމެން ބައިވެރި ވަމެވެ. ސަރުކާރުން ބޭކާރު އެތައް ހަރަދު ތަކެއް  ކުރަމުންދާ އިރު ރަމްޒީ އެހީ އެއްގެ ގޮތުގައި  ދިއްކޮށްލި މިންވަރާ ދޭތެރޭ އަޅުގަނޑުމެން ލަދުވެތި ވަމެވެ.

ޙާލުގައި ޖެހުނު 200 މީހުންނަށް އެހީ ހޯދުމަށް ފަންޑެއް ހުޅުވާލާނެ ބަޔަކު ވެސް ހަމަނެތީ ބާވައޭ ހިތައްއަރައެވެ. ކޮބާތަ އެއްކަލަ ސިޔާސީ ޕާޓީ ތަކާ އެން.ޖީ.އޯ ތައް.

 

އެއްކަލަ ޝާހީނުގެ ދޯދިޔާ ބަޔާން

 

އެމް.ޓީ.ޑީ.ސީ އާ އަޅުގަނޑު ކުރާ ދަޢުވާގެ ދެވަނަ އަޑު އެހުން.

 

ޓުރޭޑުން ޖަވާބެއް ނުދެއްވި

 

މިއީ ދަ މޯލްޑިވިއަން ޑޮޓް އޯރގު ގާ ޖަހާފައިވާ ވަރަށް ރަގަޅު ވާހަކަ އެއް.

މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕ.ލ.ސީ
އާ ކުރާ ދަޢުވާ.

ވިޔަފާރި ވެރިއެއްގެ ޝުޢޫރު

 

ޢެމް.ޑީ.ޕީގެ އައު ރައީސަށް މަރުޙަބާ!

"ފިރިހެން ފާތުމަ"

 

ފަހުރުލް ވަތޮން.....ދަރިންނޭ ޤައުމުން ނަގާނުލާ !

 

އެމް.ޓީ.ޑީ.ސީގެ އަހަރީ ޖަލްސާގައި އަޅުގަނޑު އިދުހާމު މުއީއްޒު އަދުނާނާއި ބައެއް ޙިއްސާދާރުން ދެއްކި ވާހަކަތައް.

 

 

ބަލަ ތީދެން ކޮންކަމެއްތަ؟

 

ރައްޔިތުންގެ ގިނަބަޔަކު ރާޅު އެރުމުގެ ސަބަބުން ޙާލުގައި ޖެހިފައި  އެކަމަކު އެންވައިރަމަންޓް މިނިސްޓަރ މާލޭގައި މީރުވަސް ދުވާ ގަސް ނުއިންދިގެން އެބުރެނީ. ސާބަސް އަޙްމަދު އަބުދުއްﷲ

އިންޑިޔާ ކަނޑުގެ ރާޅުތަކާ ބެހޭ މަޢުލޫމާތު

 

"ނުކުރާށެ، ފަޠީހަތް"

 

ޤާނޫނީ ހުކުމް ހަދަހާވާ ފުރިހަމަ ކޮށް އެބަ ހިންގައެވެ.

ހުސެއިން ސަލާހު އަނިޔާވެރި ކޮށް މަރާލި މަރާލުން ސަލާހުއްދީން. ކޮމް އިން އެންމެ ހަރުކަށި ކޮށް ކުށްވެރި ކުރަން. މާތް ﷲ އެނާގެ ފުރާނައަށް ރަޙްމަތް ލައްވާށި. އާމިން.

ހުސެއިން ސަލާހު މަރުވަން ދިމާވި ސަބަބު ހޯދުމަށް އަވަށްޓެރި ޤައުމަކުން ޑޮކްޓަރުން މާލެ ގެންގޮސްގެން ޕޯސްޓް މޯޓަމް އެއް ހެދުމަށް ހެޔޮ އެދޭ އަދި އަނިޔާވެރި ކަމާ ދެކޮޅަށް މަސައްކަތް ކުރާ އެންމެ ނަށް ގޮވާލަމެވެ.

މައުމޫނުގެ ދައުރުގެ ކުރީ ކޮޅު ސަލަހުއްދީނަށް ކާފަ ވިދާޅުވާ އަދި ކުރީގެ ރައީސް އިބުރާހިމު ނާސިރުގެ ދަރިކަލުން މުހައްމަދު ނާސިރު ވެސް ވަނީ  ވަރަށް އާދަޔާ ޙިލާފުގޮތަކަށް ހަވަހާރަވެފައެވެ. މާތް ﷲ އިރާދަފުޅާ އެކު އެކަމުގެ ސިއްރު ވެސް އެ ސިއްރު ފާޅުވާން ވީ ވަގުތު ފާޅުވާނެ ކަން އެއީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

 

 

 

މުހައްމަދު ޝިހާބާއި އިސްމާޢީލު ޝިހާބު ދައްކަވާ ހިތްވަރަށް ސާބަސް ދަންނަވަން.

 

ހުއްޓޭބޭގެ ދެލަވަ

 

އާނިޔާ އާއި މާބެ

 

ހޯނެއް ފަދައިން މިތިބީ ކުލަ ބަދަލުވެފައ

 

 

މައުމޫނަށް ތާއީދު ކުރާ ސައިޓުތަކުގައި މައުމޫނަށް ރައްޔިތުންގެ ތާއީދު އޮތްކަމަށް ބުނާ އިރު މީގެ އަހަރުތަކާ ޙިލާފަށް ޤައުމީ ދުވަހުގެ މުނާސަބަތުގައި ހަވީރު ނޫހުގައި މައުމޫނަށް ތަޙްނިޔާ ދެންނެވި ފަރާތް ތަށް އާދަޔާ ޙިލާފަށް މަދުވި ކަމީ އަޖައިބެކެވެ. ސަރުކާރުގެ ކުންފުނިތަކާއި އޭނާގެ ޕާޓީގެ މީހުން ނޫނީ އެހެން ބަޔަކު ތަޙްނިޔާ ނުދެއްނެވި ކަމުން ދައްކައިދެނީ ހިތުން ރުހުމުން މައުމޫނަށް ތާއީދު ކުރާ ބަޔެއް މިރާއްޖެ އަކު މިއަދު ނެތް ކަމެވެ. ތިބީ ގަދަކަމުން ނެރޭ ސަރުކާރުގެ މުވައްޒަފުން ކޮޅެއްއެކަންޏެވެ.  

ތަރުބިއްޔަތު ކުރުމާއި ބިނާކުރުން

ދިވެހިންގެ އިއްޒަތަށް ކުޅުޖަހައިފި

 

އެމް.ޑީ.ޕީ ގެ ވިސްނުން ބަދަލު ކުރަން ޖެހިފައި

 

ޓެރަރިސްޓުންނާ ވާހަކަ ދެއްކުން

ރައްޔިތުންގެ މަންފާ އަށް ޓުއަރިޒަމް އިންޑަސްޓްރީ އާއި ހައުސިންގް  ނެޝަނަލައިސް ކުރަން ޖެހިއްޖެނަމަނެޝަނަލައިޒް ވެސް ކުރަންވީއެވެ.

 

ރައްޔިތުންގެ އިންގިލާބެއް ވިޔަފާރިވެރިންނާ ދެކޮޅަށް ގެނައުނ

ރައީސުލްޖުމްހޫރިއްޔާ އާ ސުވާލު ކުރުން

ދިވެހިރާއްޖޭގެ ފުރަތަމަ ޖުންހޫރިއްޔާ އަދި ފާމުލަދޭރި ކިލެގެފާނުގެ ޕްރައިމިނިސްޓަރުކަމާއި ގުޅޭ ބައެއް މަޢުލޫމާތު
(ފުރަތަމަބައި)

 

ކުނި ހޮވާލައިގެން ޤައުމު ސާފުވާނެތޯއެވެ

 

ދިވެހިން ސަލާމަތް ކުރުން

ރުންކުރު މިނިސްޓަރުން

 

މައުމޫނު ރާޑި ކޮށްލުން

ޤައުމުގެ ވިޔަފާރި އަނެއްކާ ވެސް "ބުންބާ " މީހުންގެ އަތް މަށްޗަށް

 

ޤަދީމީ މީހުންގެ ނަޒަރުގައި ޤާނޫނު އަސާސީ އާއި ވެރިން

 

ދިވެހި ޤައުމު ބައެއްގެ ޝިކާރަ އަކަށް ނުހަދަމާތޯއެވެ

ހަމަ ވާނީ ހަމަ އަށެވެ

 

ސިޔާސީ ހިސާބު ގޯސް ވުން

 

ޤައުމުގައި ތިބި ކަމުދެނިވެގެންވާ ބޭފުޅުންގެ އަތްޕުޅުގައި ރައްޔިތުންގެ ލޭހޭކުނަނުދެއްވާ!

"ރާނީ"

 

ޤާނޫނުގެ އަޙްލާގީ މިންގަނޑު

 

ވެރިކަން ކުރަން ނޭންގޭ ނަމަ ވެރިކަން ކުރަން ނޫޅެމާތޯ .

 

 

ފުރުސަތު އެބައާދޭ!

 

ބިދޭސީންނަކަށް ރާއްޖޭގެ އެއްވެސް ކަމެއް އިސްލާހެއް ނުކުރެވޭނެ

 

މިފަދަ ޤައުމެއްވޭބާ!

 

ޔާމީނުގެ އިސްތިއުފާއަށް ގޮވާލަން

 

އާދެ! އޭނާގެ ޕާރސަނަލްޓީ ކަލްޓު ޑިވެލޮޕްކުރުމުގެ ގޮތުންނެވެ.

ޤައުމަކީ ތިމަންކަމަށް ޙީވުން.

 

ސީދާބުނާ މިއީ ތެދޭ   

 

އެމް. ޑީ. ޕީގެ ޤައުމީ މަޖިލިސް ގެ ޖަލްސާ

 

އެމް.ޑީ.ޕީ އަށް ސާބަސް

 

ތާރީޙުގެ ތެރެއިން
ދިވެހިރާއްޖެ އަށް ފުރަތަމަ ފަހަރަށް އިންޑިޔާގެ ބޮޑު ވަޒީރެއް ވަޑައިގަތުމާ ގުޅިގެން ބޭއްވުނު ޖަލްސާއެއްގެ ތެރެއިން.

 

ޤާނޫނު އަސާސީ ފާސްކުރުމަށް މައުމޫނު ގެންގުޅުއްވަފާނެ އިޙްލާސްތެރި ކަމުގެ އަމަލަކަށް ރައްޔިތުނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަމާލުވުމަށް ދަންނަވަން.

ތާރީހުގެ ތެރެއިން:

1953 ގައި ދިވެހި ސަރުކާރާ އިގިރޭސި ސަރުކާރާ ދެމެދު އައްޑޫ ގަމާ ގުޅޭގޮތުން ކުރެވުނު އެގްރީމަންޓުގައި ހުރި މާއްދާތައް.

 

މަސް ހުނި ބާވަތުގެ ސިޔާސީ ބޭފުޅުން

 

ނުވަތަށް އެބުރޭ ސިޔާސީ ބުރު

 

މައުމޫނު އަބުދުލް ޤައްޔޫމާއި އެނާ ކުރިއަށް ނެރުއްވައިގެން އެ ގެންގުޅުއްވާ މީހުންނަށް ރާއްޖެ ދޫކޮށް ލާފައި އަތް އުރާލައިގެން ތިބޭކަށެއްނުވާނެއެވެ.

 

ބޭފުޅުންނޭވެ! ދަންނަވަންތޯއެވެ. ރައްޔިތުންގެ ދުވަސް އަންނާނެއެވެ، އަދި މިދުނިޔެ ދޫކުރައްވަންޖެހޭ ދުވަސް ވެސް އަންނާނެއެވެ. ދަތުރު ހައްދަވަން ލަސްނުކުރައްވާށެވެ

 

އައު އަހަރުގެ ތަޙްނިޔާ ހުރިހާ ކިޔުންތެރިންނަށް ވެދުން ކުރަމެވެ. މިއަހަރަކީ ދިވެހި ރައްޔިތުން ކުރަމުންގެންދާ ދުޢާ މާތް ﷲ އިޖާބަ ކުރައްވާ އަހަރުކަމުގައި ލައްވާށި، އާމިން.

 

މުހައްމަދު ޝިހާބާ އިބުރާޙިމް ޝިހާބާ އެއްވަރު ނުކުރައްވާށެވެ.

 

ބޭފުޅުންނޭ! އަބުރާ ބެހުމުގެ ޤާނޫނެއްގެ ބޭނުން ހިފޭނީ އަބުރުވެރިން އުޅޭ ތަނެއްގައެވެ. މިއަދުގެ މިރާއްޖެ އަކީ އެފަދަ ތަނެއް ނޫނެވެ.

 

އަޟްހާ ޢީދުގެ ތަޙްނިޔާ ހުރިހާ ކިޔުންތެރިން ނަށް އަރިސް ކުރަން

ހައްޤު ބަސް ސައިޒަކަށް ކަޑައެއް ނުލެވޭނެ!

 

2007 ވަނަ އަހަރަށް މިނިސްޓަރ އޮފް ފިނޭންސް ހުށަހެޅި ބަޖެޓަށް ތާއީދު ކޮށް ވޯޓުލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ޤައުމަށް ހިޔާނާތެރިވި ޤައުމުގެ އަދުއްވުންނެވެ.

.ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓެއްގައި ސިޔާސީ ޕާޓީ އަކުން  އެޕާޓީގެ މެމްބަރުން ތާއީދު ނުކުރާން ނިންމާފައި ވަނި ކޮށް އެގޮތާ ޙިލާފަށް ޕާޓީގެ މެމްބަރަކު ވޯޓު ލައިފި ނަމަ އެމެމްބަރަކާ ދޭތެރޭ ވަރަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެއެވެ. އަދި ކަމުގެ ބޮޑު ކުޑަ މިނަށް ބަލާ އެމްބަރަކު ޕާޓީ އިން ވަކި ކުރަން ވާނެކަމަށް މިސައިޓުގެ އެޑިޓަރުންނަށް ފެންނަވާހަކަ ކިޔުންތެރިންނަށް ހާމަކުރަމެވެ. ޕާޓީ އަށް ވަފާތެރި ނުވެވޭ މީހަކަށް ޕާޓީ އާ އިދެގެނެއް ނޫޅެވޭނެނޫންތޯއެވެެ. އަދި ކިއެއްތޯ، އެފަދަ މީހުންނަކީ ޤައުމަށް ވެސް ވަފާތެރި ވާން ދަންނާނެ ބަޔެއް ނުމެނޫންމެއެވެ.

މުހައްމަދު ޝިހާބު 2007 ވަނަ އަހަރު ގެ ބަޖެޓަށް ވޯޓު ލެއްވި އަމަލަކީ ހުތުރުވެގެންވާ އަމަލެކެވެ، އިޙްލާސްތެރި ކަމެއްނެތް މީހެއްގެ ހައްދުފަހަނައަޅާފައިވާ އަމަލެކެވެ. އެއީ ޤައުމަށް ވަފާތެރި ހެޔޮއެދޭ މީހެއް ކޮށްގެންވާނެ ކަމެއްނޫނެވެ. މުހައްމަދު ޝިހާބަކީ މިސައިޓް އެބޭފުޅަކަށް ނިސްބަތްވާ ސަލާހުއްދީނަށް ކާފަ ވިދާޅުވާ ބޭފުޅަކަށްވީތީ އަޅުގަޑުމެން އިންތިހާ ދަރަޖައަށް ހިތާމަ ކުރަމެވެ އަދި ލަދުވެތި ވަމެވެ. މާލޭގެ މެމްބަރު ކަމުން ވަގުތުން އިސްތިޢުފާ ދެއްވުމަށް ގޮވާލަމެވެ. އަދި އެމް. ޑީ. ޕީ ގެ މެމްބަރުކަމުން ވަކި ކުރުމަށް އެޕާޓީ އަށް ގޮވާލަމެވެ. މިފަދަ ބޭފުޅުން އެއީ އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅުންނެއްނޫނެވެ. އެބަޖެޓައް ވޯޓު ލީ މެމްބަރުންނަކީ އަޅުގަޑުމެންގެ ޤައުމުގެ މުސްތަޤްބަލާމެދު ފިކުރެއްކުރާ ބައެއް ނޫނެވެ. އެއީ ވަގުތީ ތަނަވަސް ކަމަށާއި އަމިއްލަ އެދުމުން ފޯވެފައިވާ ރައްޔިތުންގެ ދުޝްމަނުންނެވެ.

މި ސައިޓުން ލަފާ ކުރަނީ 2007 ގެ ބަޖެޓް ފާސްވާނެކަމަށް. ޔާމީނުގެ ސަޕޯޓަރުން މިހާރު ވައްތަރު ތައް ޖެއްސިޔަސް އެންމެ ފަހުވަގުތު އެމަނިކުފާނަށް ބޯލަބާނެ. އެތިބެނީ މީހުންނެއް ނޫން. އަނެއްކާ އިގިރޭސިން ބުނެއުޅޭނޫންތޯ. "ބޭބެ އާ ދެކޮޅަކަސް ބަޔަކު ބޭބެ އަށް ހަމަލާދީފިއްޔާ ކޮއްކޮ ބޭބެ ދިފާޢު ކުރާނެކަން" މިހުންނަނީ ހަމަތެދު އިގޭތޯ.

މިވަރު ވީމައޭ އަޅުގަޑުމެން ދަންނަވަނީ ޝައިތޯނާ އުފަލުންނަށަނީޔޭ.

ވަރުގަދަ ދީނީ ބިންގަލެއްގެ މައްޗަށް އެދެވޭ އަޙްލާގީ މިންގަޑުތަކެއް ބިނާކުރެވިފަޢި ނުވާ ޤައުމަކީ ވިގަނީގެ އުފެއްދުމެއްނޫން ދެވަނަ އެއްޗެއް ނޫނެވެ.

 

ދިވެހިން ވެސް އާފެށުމަކުން ފަށައެވެ. "އާހަމަ" ތަޢާރަފު ކޮށްފައި އެބަހުއްޓެވެ.

ތިރިކޮށް ގުދުރަތީ ބާރަކުން

އުޑުދަށު ކޮސް

 

11 ނޮވެމްބަރ 1979 ޖުމްހޫރީ ދުވަހު އޭރުގެ އެޓާރނީ ޖެނެރަލް މ. ގުލްފާމުގޭ އަދުނާނު ހުސެއިން، ރެޑިޔޯ އިން ޤައުމާ މުޙާތަބު ކުރައްވާ ދެއްވި ތަޤްރީރުގެ ތަރުޖަމާ.

 

އެމް.ޑީ.ޕީ ޕާލިމަންޓްރީ ގުރުޕް މީހުން ބެބޫ ހައްދައިފި.

މަޢުމޫނަށް ވާ ސާބަސް! ތިއީ އިންސާނުންގެ ސައިކޮލޮޖީއާ ކުޅެން ވަރަށް ކުޅަދާނަ ބޭފުޅެއްކަމަށް އަޅުގަޑުމެން އެއްބަސްވަން. މިއަދު މީ ޤާނޫނު އަސާސީ ދުވަހޭ ވިދާޅުވީމާ އެމް.ޑީ.ޕީ ޕާލިމަންޓްރީ ގުރުޕު ވެސް އެ ބެރަށް ހަމަ ނެޝީދެއްތޯ. އެމީހުންގެ ނަށް ވާނީ އެވަރު! އެކަހަލަ ބަޔަކު އޮޕޮޒީޝަންގައި ތިބެންޏާ ވެރިކަމުގައި ތިގޮތަށް ހުންނެވުމަކީ ހަމަ މެޓާ ދެއްތޯ!

ސިޔާސީ ބައިގަޑު ތަކާއި ސިޔާސީ ބާގަޑު

 

ދިވެހި ޤައުމަށް ޑެމޮކްރަސީ ގެނައުމަކީ އިންސާނީ މުޖުތަމަޢު އަށް ކުރެވޭނެ މަތިވެރި ހިދުމަތެއް ކަމަށް މަޢުމޫނުގެ ފުރަތަމަ އެޓާރނީ ޖެނެރަލް ވިދާޅުވި!

 

ރައީސުލްޖުމްހޫރިއްޔާއެވެ! ތިޔޯ؟

ތާރީޙްގެ ތެރެއިން

ޤަމުގެ މީހުން އަލުން ވަޒަންވެރި ކުރުވުން

މާދަމާ އަންނާނެއެވެ.

މިސްރަށް ދިޔަ އަލީ ހަނދޭގިރިން

ޙިޔާލީ ތަސްވީރަކުން މީހުންގެ މިޒާޖު

s

މަސްތިލަ ވާއިރެއްގައި ދޫނި ކަނޑަށް ޖެހޭކަށް ވަކި އަދަދެއް ނޯން ނާނެއެވެ.

ރައްޔިތުންގެ ބަސް ޤާނޫނަށް ނަހަދާ ތިމަންމެންގެ ބަސް މިއޮށް ޤާނޫނަށް ހަދަނީ!

 

ރައްޔިތުން އަތުން ފޭރިގަންފައިވާ އިޤްތިސާދީ ހައްޤުތައް އަނބުރާ ރައްޔިތުންނަށް ލިބިދިނުން

"ހަންލޮލެއްހާ ހިއްޗެވެ"

އެސޮރު ގެޔަށް ގޮސް ކާނީ ބޮނޑި ބަތްތާޔޭ

 

މަޢުމޫނަކީ ރައްޔިތުންނަށް ހެޔޮ ރައްޔިތުންނާ ދޭތެރޭ ފިކުރު ކުރައްވާ ވެރިއެއްތޯ؟

ޤައުމުގެ ޙާލު މަގުމަތިން

 ރައީސުލްޖުމްހޫރިއްޔާއެވެ! އަޅުގަޑުމެނަށް އޮޅިޖެއެވެ.

"ބައެއް އަބިންވެސް އަނިޔާ ކުރާ ފިރިންނާ ނުވަތަ ހިތާނުވާ ފިރިންނާ އިދެގެން އުޅެއެވެ، ދޭ އެއްޗެއްގެ ސަބަބުން ނުވަތަ ރަގަޅު އެހެން މީހެއް ފެންނަންދެން އެގޮތުގައި ދެމިތިބެއެވެ. މިއަދު ދިވެހި ރައްޔިތުން އެތިބީ އެހާލުގައެވެ."

މިލިޔުމުގައި މިވަނީ 3 އޮގަސްޓް 2005 ގައި ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީ އަކަށް މި ސައިޓުގެ އެޑިޓަރެއް ފޮނުވާފައިވާ ސިޓީއެއްގެ ބައެކެވެ. މި ސިޓީ ފޮނުވަން ޖެހުނީ އެޕާޓީ ގެ ކަންތައްތައް ހިގަމުންދަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަމަށް ފެންނާތީއާއި، އެޕާޓީގެ ހިންގާ ޤަވާއިދަކީ ޒިންބާބުވޭގެ މޫވްމަންޓް ފޮރ ޑެމޮކްރެޓިކު ޗޭންޖު ގެ ހިންގާ ޤަވާއިދުގެ ނަކަލެއް ކަމަށް އެންގުމާއި ޙިޔާލު ފާޅުކުރުމަކީ ރިވެތިސިފައެއްކަމަށް ފެންނާތީއެވެ.

ދޮން ބަފާ

3 ޑިސެމްބަރ 2006 ދުވަހު ރޭ ބޭއްވި ޖުމްހޫރީދުވަހުގެ ހަފްލާ ގައި ރާއްޖޭގައި،  ޤައްޔޫމުގެ ކުރިން އެއްވެސް އެދެވޭ ކަމެއް ކޮށް ފައި ނުވާ ކަމަށް ގޮވާ ނެންގެވެ. ކޯޓު ތުރުކުރައްވައިގެން ތިއްބެވި މުސްކުޅިފުރާގެ ބޭފުޅުންތައް ވަރަށް ގަޔާވާ ކަމަކަށް ހައްދަވައިގެން  ތިއްބަވާ ބަޑު ފުޅަށް ހިނިފުޅު އަންނަތަން ފެނެއެވެ. މި ސިޓީ ބައްލަވާ ލެއްވު މުން ރާއްޖޭގެ އަސާސީ ތަޢުލީމުގެ ބަފަޔަކީ ޤައްޔޫމު ނޫންކަން އެގޭ ދެއްތޯ! ތަޢުލީމަށް އެދުވަސް ވަރުވެސް ހާދަހާ ބޮޑު އިސްކަމެއް ދެވިފައިވެއެވެ. ރައްޔިތުންނަށް އޮޅުވާ ނުލައްވާ!

 
       
http://www.dhivehiobserver.com./letters/Open_Letter_Shihad_291220061.htm