އަޅުގަނޑު މެންގެ މަޢުލޫމާތް

 
     
 

 

އަޅުގަޑުމެން ނަކީ ރާއްޖެ މިއަދު މިއޮތް ޙާލަތާ މެދު ހިތާމަ ކުރާ ބަޔަކީމެވެ. އެ ކެއްގެ ޒާތާ  އެއްގޮތަށް މުޅި ޤައުމު ޤުރުބާން ކޮށްލި މަންޒަރު ދުށް ބަޔެކެވެ. އަރަބި ކަރާގެ ރިވެތި އާދަ ކާދަތަކުގެ ބަދަލުގައި އެ ކަރާގެ ފާޙިޝް އަމަލުތައް ޤައުމަށް ފަތުރާލި ގޮތް ދަންނަ ބަޔެކެވެ. 

ޙިޔާނާތް ތެރިންނާ، ވަގުންނާ، މަކަރުވެރިން ނަކީ ޤައުމުގެ މުޝްތަޝާރުން ކަމަށާއި އިޢްޒަތްތެރިން ނަށް ހެދި ސަބަބު ވިސްނޭ ބަޔެކެވެ. ޤައުމުގައި ތިބި ކަމުވޮށިވެގެންވާ މީހުންނާއި، އިލްމީ އަދި ޤާބިލް މީހުން ދުނިޔެވީ އުފަލަށާއި، މަޤާމަށާއި، އިއްޒަތުގެ ދަހިވެތިކަމުގަ ރައްޔިތުންގެ މަތިން ހަނދުމަ ނައްތާލި ކަން އަސަރާއެކު ފާހަގަ ކުރާ ބަޔެކެވެ.  

ދީނީ އަދި އަޙްލާޤީ ގޮތުން ދިވެހިރާއްޖެ މި ދަރަޖަ އަށް ވެއްޓިގެން ދާނެ ކަމަށް އަޅުގަޑުމެންގެ ކާބަފައިން ހުވަފެނުގަ ވެސް ދެކިފަ ނުވާނެ ކަން ކަށަވަރުކުރާ ބަޔެކެވެ.

އަޅުގަޑުމެންގެ ކާބަފައިން އަޅުގަޑުމެނަށް ދޫ ކޮށްފަ ދިޔަ ތަރިކަ އަކީ ވަރަށް ވެސް އަގުހުރި އަދި އެމަށްޗަށް އަޅުގަޑުމެން އުޅެ، ޤައުމު ބިނާކުރިނަމަ މިއަދު މިފެންނަ ހިތާމަވެރި މަންޒަރުތަށް ފެނި ނުދާނެ ތަރިކަ އެއްކަން ޔަޤީން ކުރާ ބަޔެކެވެ.

އަޅުގަޑުމެންގެ  ކާބަފައިން ނަށް މަލާތްމާތް ކޮށް، އެބައިމީހުން ނީ އެއްވެސް ބަޔެއްކަމަށް ނަހަދާ އެބައިމީހުން ދޫކޮށްފަ ދިޔަ އަގުހުރި ފިލާވަޅުތަކަށް ފުރަގަސްދީ، އެތަރިކަ ހިމާޔަތްކުރުމުގެ ނަމުގައި މަޖުލިސްތައް ހަދާ އެ މަޖިލިސްތައް މެދުވެރިކޮށް އެތަކެތި ފޮރުވައި، އޮޅުވާލައި އަޅުގަޑުމެނަށް މިއަދު މިފެންނަ ތަރިކަ ތަޢާރަފުކުރުމުގެ މަގު ފަހިކޮށް ދިން ދުވަސް ތަށް ތަޖުރިބާ ކުރި ބަޔެކެވެ.

ސަލާހުއްދީން ބަގީޗާގޭ ފެންޑާގައި ފެއްޓެވި މިހާރުގެ މަޖިއްދިއްޔާ ސްކޫލު ދެ ފަޅި ކޮށްލައި ވެރިކަމަށް ޤާބިލު، ތެދުވެރި، އިޙްލާސްތެރި މީހުން އުފެދުނަ ނުދިނުމަށް ޤައުމުގެ ތަޢުލީމީ ބިންގާ ފުޑުފުޑު ކޮށްލި ގޮތް ދަންނަ ބަޔެކެވެ.

އަޅުގަޑުމެނަކީ އިސްލާމް ދީންމަތީ ތިބޭނެ ބަޔެކެވެ، ރާއްޖޭގެ ރިވެތި އާދަ ކާދަ ތަކަށް ކަމޭހިތާ އެގޮތުގައި ދެމި ތިބޭނެ ބަޔެކެވެ. އަދުލް އިންސާފަކީ އެންމެ ނަށް ލިބިދެވެން ޖެހޭނެ އެއްޗެއް ކަން ޤަބޫލުކުރާ ބަޔެކެވެ، އިންސާނުނަކީ ހަމަހަމަ ބަޔެއް ކަމަށާއި، މަކަރާ ހީލަތާ، ފަސާދަ ހުއްޓު ވަން މަސައްކަތް ކުރާނެ ބަޔެކެވެ. މިނިވަން ކަމަކީ މާތް ﷲ އިންސާނުންނަށް ދެއްވި ނިޢުމަތެއްކަމަށާއި މިނިވަންކަން ހޯދުމަށް ހަގުރާމަ ކުރާނެ ބަޔެކެވެ އަދި ހަގުރާމަ ކުރާ ބަޔަކަށް ހިތްވަރު ދޭނެ ބަޔެކެވެ.

 ރައްޔިތުންގެ ހަޢްޤުތަކަށް އަރާ،  ބޮޑާ ކަމާއި، އަނިޔާވެރިކަމާއި، ހުދުމުޙުތާރުކަމާއި ކިބުރުވެރި ކަމާއި، ހީލަތް ތެރިކަމުން އުފާ ލިބިގަންނަ  މީހުންގެ ދުޝްމަނުންނެވެ.

އަޅުގަޑުމެން ނަކީ ސަލާހުއްދީނަށް ކާފަ ކިޔާ ބަޔެކެވެ .