|
މި
ވެބްސައިޓަކީ
ދިވެހި ޤައުމަށް
އެކި އެކި
ރޮނގު ރޮނގުން
މި ވޭތުވެ
ދިޔަ ޤަރުނުގައި
ވަރަށް ގިނަ
ގުނަ ޙިދުމަތްތަކެއް
ކުރައްވާފައިވާ،
މާފަންނު ބަގީޗާގޭ
އަލްމަރުޙޫމް
ހުސެއިން ސަލާހުއްދީނުގެ
ހަޔާތްޕުޅަށާއި
އެ މަނިކުފާނު
ދިވެހި ޤައުމަށް
ދޫކުރައްވާފައި
ވަޑައިގަތް
ދީނީ، އަދަބީ
އަދި އެހެނިހެން
މަސައްކަޕުޅުތަކަށް
ބަލާލައި އެމަސައްކަތް
ޕުޅުތަކުގެ
ތެރެއިން ބައެއް
މަސައްކަތްޕުޅުތައް
ޝާޢިޢު ކުރާ
ސައިޓެކެވެ.
މި
ވެބްސައިޓު
ޤާއިމު ކުރުމުގެ
މައިގަޑު މަޤްސަދަކީ،
އިސްލާމް ދީނަށާއި،
އިލްމަށާއި،
އަދަބަށާއި
ދިވެހި ތާރީހަށް
ލޯބި ކުރައްވާ
ބޭފުޅުންނަށް
ފަސޭހަ ގޮތަކަށް
އަލްމަރުޙޫމު
ހުސެއިން ސަލާހުއްދީނުގެ
މަސައްކަތްޕުޅު
ތައް ފޯރު
ކޮށް ދިނުމެވެ.
އެމަނިކުފާނު
ގެ މަސައްކަތް
ޕުޅުތަކަކީ
މީގެ ފަސްދޮޅަހަކަށް
އަހަރުގެ ކުރީގެ
މަސައްކަތްޕުޅުތަކަކަށް
ވާތީ މިހާރުގެ
ބޭފުޅުންގެ
ވިސްނެވުމާ
އެ މަނިކުފާނުގެ
ވިސްނެވުމާ
ޙިލާފު ވުމަކީ
ހައިރާން ވާންވީ
ކަމެއް ނޫނެވެ،
އަދި އެއީ
އެމަނިކުފާނުގެ
މަސައްކަތްޕުޅުތައް
ރަގަޅު ނޫންކަމަށް
ބުނެވޭނެ ކަމެއް
ނުމެނޫންމެއެވެ.
އެކި މީހުން
އުގެނެނީ އެކި
ތަންތަނުން
އެކި ޒަމާނުގައި
އެކި އެދުރުން
ކައިރިން ކަމުގައި
ވާތީ، އެއް
ކަމަކާދޭތެރޭ
ދެގޮތަކަށް
ބުނެވިފައި
އޮތުން އެއީ
ވަރަށް ގާތް
ކަމެކެވެ،
އެއީ އެތަނުން
ގޮތެއް ކަމުނުދާންވީ
ސަބަބެއް ނޫނެވެ.
މި
ކަންދެނެވަޑައިގަނެ
ތިއްބަވާ މި
ސައިޓުގައިވާ
އެ މަނިކުފާނުގެ
މަސައްކަތްޕުޅުތައް
ވިދާޅު ވެއްޖެނަމަ
ވިދާޅުވާ ބޭފުޅެއްގެ
މަޢުލޫމާތު
އިތުރުވުމަކީ
ޝައްކެތް އޮތް
ކަމެއް ނޫނެވެ،
އަދި އޭރުން
އެ މަސައްކަތްޕުޅުތައް
ހެޔޮ ހިތްޕުޅަކާ
އެކު ބަލައިގަނެވޭނެއެވެ.
ހުސެއިން
ސަލާހުއްދީނުގެ
މަސައްކަތްޕުޅުތައް
ގިނަކަމުން
އެއްފަހަރާ
އެ ހުރިހާ
ތަކެއްޗެއް
ޝާއިޢުކުރުމުގެ
ބަދަލުގައި
ބަހާލައިގެން
ޝާއިޢު ކުރަން
ގަސްދުކުރާ
ވާހަކަ ދަންނަވަމެވެ
ސަލާހުއްދީނަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހަރަކާތްތެރިވެ ވަޑައިގަނެފައިވާ ބޭފުޅަކަށް ވާތީ، އަދި މި ސައިޓުގައި ސިޔާސީ ކަންކަމާއި ރައްޔިތުންނާ ގުޅޭ ކަންކަމުގައި ސަލާހުއްދީނު ފާޅުކުރައްވާފައިވާ ބައެއް ޝުޢޫރުތައް ހިމެނިފައިވާތީ ރާއްޖޭގެ އަދުގެ ސިޔާސީ ކަންތައްތަކަށާއި ރައްޔިތުންނާ ގުޅޭކަންކަމަށް މި ސައިޓުގެ އެޑިޓަރުން ބަލާލުމަކީ ވަރަށް މުޙިއްމު ބޭނުންތެރި ކަމެއްކަމަށް ފެންނާތީ އެފަދަ ސަފުހާތަކެއް މި
ސައިޓުގައި ހިމަނަމެވެ. އެ ސަފްހާތައް ބެއްލެވުމަށް"ސިޔާސީ ސަފްހާތައް"މި ލިންކަށް ފިއްތާލައްވާށެވެ
މާތް
ﷲ އެ މަރުޙުމަށް
ސުވަރުގޭގެ
ދާއިމީ ނިޢުމަތް
ލައްވާށި،
އާމީން
|